ނ.އަތޮޅުގެ ފަތުރުވެރިކަން އެންމެ މީހެއްގެ އަތް މައެްޗައް؟

ނ.އަތޮޅަކީ މިހާރަކަށް އައިސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ އަތޮޅެކެވެ.  ގުދުރަތީ ވަސީލަތްތައް މުއްސަނދި މި އަތޮޅުގައި މިހާރު  4 ރިސޯރޓެއް ހިނގަމުންދާއިރު ކުރިޔައް އޮއްތާ އިތުރު ރިސޯރޓްތަކެއް ހުޅުވިގެން ދާނެއެވެ. އެހެންނަމަވެސް ފެންނަމުން ދާ މަންޒަރާއި ކަން ހިނގަމުން ދާ އުސޫލުން މިނެ ކިރާ ވަޒަންކޮށްފިނަމަ އެނގި ހާމަވަނީ މި ގުދުރަތީ ވަސީލްތަކުގެ އަސްލު މަންފާ އަތޮޅުގެ ރަށްޔިތުންނަށް ނުކުރާ ކަމެވެ. ބޭރުގެ ފަރާތްތަކާއި ގުޅިގެން ހިންގާ ވެލާ ޕްރައިވެޓް އައިލެންޑްގެ
އިތުރުން ރަންދެލީގައި މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު ޙިދުމަތްތަކާއި މުސާރަ ލިބިގެންދާއިރު އަނެއް ދެ ރިސޯރޓްގައި އެތަކެއް މައްސަލަތަކެއް ހުރި ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ. ކުޑަފުނަފަރުގައި ހިންގާ ޒިޓާލީ ރިސޯރޓްގައި މުސާރަ ކުޑަވުމުގެ އިތުރުން އެހެނިހެން ބައެއް ޙިދުމަތްތަކުގެ ފެންވަރު ދަށްކަމަށްވެސް ގިނަ މުވައްޒަފުން އަންނަނީ ބުނަމުންނެވެ. ހަމަ އެއާއި އެކު އަތޮޅު ތަރައްޤީކުރާނެ ކަމަށް ބުނެ ޕާރޓީ ހަދައިގެން މަސައްކަތްކުރާ ސަންޓްރެވަލް ސިޔާމްގެ ފަރާތުން އަތޮޅުގެ ރަށްޔިތުންނާއި ރިސޯރޓް މުވައްޒަފުން އަޅުވެތި ކުރަން އުޅޭ މަންޒަރު ދަނީ ފެންނަމުންނެވެ
.
 ސަންޓެރެވަލް އަޙްމަދު ސިޔާމް މުހައްމަދު އިރުފުށި ރިސޯރޓްގައި އެތައް ގޮތަކަށް ވަޒީފާގެ ބިރު ދަށްކަމުން އަދި އެ ފަރާތްތަކުގެ އާއިލާއަށް ވެސް ވަނީ ނުފޫޒު ފޯރުވަން ފަށާފައެވެ. މި ހުރިހާ ކަމެއް މިހެން ހުއްޓައި އަނެއްކާ ނ.އަތޮޅުގެ އެންމެ، ބޮޑު ދެ ފަޅުރަށްކަމަށްވާ ދިގު ރަށާއި މިނާވަރު ވެސް ސިޔާމް އަށް ލިބިފައިވާ ކަމުގެ އަޑުތައް އަންނަނީ އިވެމުންނެވެ.
ރިޔާސީ އިންތިހާބުގައިވެސް، މަޖިލިސް އަދި ކައުންސިލް އިންތިހާބުގައިވެސް ސަންޓްރެވަލް ސިޔާމް ނ.މިނާވަރު، ދިގުރަށް ރިސޯރޓަކަށް ހަދާނެކަމަށާއި އަދި އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް އާއިލާއަކަށް އޭގެން އެއްވެސް ތަނަކުން ފުރުސަތު ނުދޭނެކަމަށް ސިޔާމްގެ ކެންޕޭން ޓީމުން އައީ ބުނަމުންނެވެ. ހަމަ އެހެންމެ އިރުފުށި ރިސޯރޓުގެ ވަޒީފާއިންވެސް ބައެއް ފަރާތްތައް ވަނީ އެމްޑީއޭ އާއި އެއްކޮޅަށް ވޯޓް ނުލާނެ ކަމަށް ބުނުމުން ކަނޑާލާފައެވެ. ހަމަ އެހެންމެ ވަރަށް ގިނަ ފަރާތްތަކަކަށް ވޯޓް ކަރުދާހުގައި މާރކް ޖެހުމަށް ވެސް އެންގި ކަމަށް ގިނަ މުވައްޒަފުން ބުނެއެވެ.
މަޖްލިސް އިންތިހާބުގައި ވެލިދޫ ދާއިރާގެ ކެންޕޭން މެނޭޖާރ މުހައްމަދު އައްބާސްވެސް ވަނީ ތަކްރާރުކޮށް އެމްޑީޕީ އަށް ނިސްބަތް ވާ ފަރާތްތަކަށް އެއްވެސް ވަޒީފާގެ ފުރުސަތެއް ނޯންނާނެކަމަށް ބުނެ އިންޒާރުތައް ދީފައެވެ. މީ ރަށްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން ޕާރޓީ ހެދި މީހުންގެ ހާލަތެވެ. މުޅި އަތޮޅުގެ ހުރިހާ ގުދުރަތީ ވަސީލަތައް ނާޖާއިޒްގޮތުގައި އަތްގަދަކުރަމުން އަދި އަތޮޅުގެ އެތައް ހާއްސް ރަށްޔިތުންނަށް އިންޒާރުތައް ދިނުމަކީ އެބައި މީހުންނަކީ ސިޔާސީ އެޖެންޑާގެ ތެރެއިން އަތޮޅަށް އަތްގަދަ ކުރާން މަސައްކަތް ކުރާ ބައެއް ކަމުގެ ސާފް ހެއްކެކެވެ.
މިހާރުވެސް ރާފުޅިއެއް ދަބަހުގައި އޮވެގެން ސިޔާމްގެ މައްސަލަ ކުރިޔައް ނުގެންދިވި ގާޒީ ކުށްވެރިވާ ހާލަތުގައި ވާއިރު ސިޔާމް ދިވެހި ރާއްޖޭގެ ތިމާވެއްޓާއި ބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ހިލާފް ވެފައިވާ މައްސަލަތައް ކޮބާތޯއެވެ؟. މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން އާއިލާއާއި، ރަހްމަތްތެރިންނާއި އެކު ގޮސް ފީނާލާ މޫދުގެ ރީތިކަން ލިބިފައިވާ ނ. މާވައްދޫގެ ފަރު ހަލާކު ކުރީ ކޮންފަރާތަކުންތޯއެވެ؟. އެރަށުގެ މޫދަށް އިރުފުށި ރިސޯރޓު ޕުރޮޖެކްޓްގެ ކުނި ބުނި އެޅީ ހަމަ އަތޮޅުގެ ރަށްޔިތުންގެ ޙައްޤުގައި ތޯއެވެ. ފަރުގެ މުރަކަތަކަށް އޭގެ ގެއްލުން އިންތިހާއަށް ކުރިމަތިކުރުރުވާ ގޯނި، ޖަންބޯ ބޭގް، ޕްލާސްޓިކް، އަދި އެކި ބާވާތްތަކުގެ ދަނގަނޑު ކުނި ބުނި ފަދަ ތަކެތިގެ ސަަބަބުން މާވައްދޫގެ ވަށައިގެންވާ މުރަކަތަކާއި ގާތައް ވަނީ މަރުވެފައެވެ. ހަމަ އެއާއި އެކު މާވައްދޫގައި ހުރި ރުށްގަސް ގަވާއިދާ ޙިލާފަށް ނަގައިގެން ގެންގޮސް އިރުފުށީގައި އިންދުމަކީ ދައުލަތަށް ވައްކަން ކުރުން ނޫންތޯއެވެ؟ ތިމާވެށި ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނުނު ތަކާއި ގަވާއިދު ތަކަށް ބެލުމެއް ނެތި ހިންގާަފައިވާ މިފަދަ ޖަރީމާ އިންތިހާއަށް ގިނައެވެ.
އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒްގޮތުގައި ސަންޓެރެވަލް ސިޔާމްގެ ވިޔަފާޜި ފުޅާކުރުމަށް ކުރަމުން ދާ މަސައްކަތްކާ މެދު ފާރަވެރިވެ ނ.އަތޮޅުގެ ރަށްޔިތުން ހޭލުންތެރި ވާން ޖެހެއެވެ. އަތޮޅުގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗައް ވެރިވެ ގަނެ ހަމަ އެއް ލަމައެއް ނެތި އޭގެ ފައިދާ ނަގާފައި އަދި ނުވިތާކަށް ސިޔާސިގޮތުން އެބައި މީހުންނަށް ތާއީދުކުރުމަށް މަޖުބޫރުކޮށްފައި، ރަށެއްގައި އަޅާއި ދޭ ޕްރީސްކޫލް އެއީ ސިޔާމްގެ ހެޔޮފުޅުކަމާއި ދީލަތިކަމުން އަޅައި ދޭ ތަންތަން ކަމަށް ދެކުމަކީ އިތުރަށް ރަށްޔިތުން ނިމަކެތިވެގެން ދާނެ ކަމަކެވެ. ސިޔާސީގޮތުން ވަކި ކަމަކަށް މަޖުބޫރުކޮށްފައިވެސް އަޅާ ޕްރީ ސްކޫލަކީ ނުވަތަ ވާ އެހީ އަކީ ހަމަ އަތޮޅުގެ ރަށްޔިތުންގެ ޙައްޤެކެވެ. އަދި ކިއެއްތަ އެއީ އަތޮޅުގެ ގުދުރަތީ ވަސީލަތްތަކުން ހޯދާ ފައިދާގެ ވަރަށްވެސް ކުޑަ މިންވަރެކެވެ.



މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com