ކަށިމިޔަރު
5.2.13
| .
admin
|
ކަށިމިޔަރަކީ އެހެނިހެން ވައްތަރުތަކުގެ މިޔަރާ ހިލާފަށް
ދިވެހިންގެ ތެރޭގައި އެހާ އާންމު ވައްތަރެއްގެ މިޔަރެއް ނޫނެވެ.
އެހެންނަމަވެސް މިހާރަކަށް އައިސް ކަށިމިޔަރުގެ މަސްވެރިކަން
ކުރުން ވަނީ ހުއްޓިފައެވެ. މިޔަރުގެ މަސްވެރިކަން މަނާކުރުމާއި ބެހޭގޮތުން ވާހަކަ ދެކެވޭއިރު އެ މަސައްކަތްކުރާ މަސްވެރިންގެ ހިތްނުތަނަވަސްވެ މާޔޫސްވުމަކީ އެކަށީގެންވާ ކަމެކެވެ. ކަންތައް ވެގެންވެސް އައީ އެގޮތަށެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކުން އެގޮތަށް އެކަން ކުރަން ނުޖެހޭނެކަމަށް އަންނަނީ ބުނަމުންނެވެ.

އެއެހެންނަމަވެސް އަޅުގަނޑުމެންނީ ﷲ ފުރިހަމަ ބުއްދިދެއްވި
މަޙްލޫގަކަށްވާއިރު ވިސްނާލަމާ ތޯއެވެ. ﷲ މިދުނިޔެއާއި ކާއިނާތުގައި
ލައްވާފައިވާ ކޮންމެ އެއްޗެއްވެސް ލައްވަނީ ކަނޑައެޅިގެންވާ ވަކި
މިންވަރަކަށެވެ. އަދި ބައެއް ބާވަތްތައް މުޅިން ނެތިގެން ދިއުމަކީ ދުނިޔޭގެ
ވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ވާނެކަމެކެވެ. މީގެ އިތުރު
ތަފްސީލް
(ތިމާވެށި ޙިމާޔަތްކުރުން އިސްލާމްދީނުގައި ، ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކުގެ ކުނިބުނީގެ ނުރައްކަލުގެ ތެރޭގައި ދުނިޔެ ،) އިސްލާމްދީނުގެ އަލީގައި ބަޔާންކުރެވިފައިވާ މި ލިންކަށް ވަޑައިގެންނެވުމުން ލިބިލައްވާނެއެވެ.
ރާއްޖޭގައި ހުރިހާ ބާވަތެއްގެ މިޔަރު ހިފުމާއި ގޯނާކުރުން
މަނާކުރުމަކީ ދުނިޔޭގައި މިޔަރު ހިމާޔަތްކުރުމަށް ކުރެވެމުންދާ
މަސައްކަތަށް ވެދެވުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ. ނޭޝަނަލް
ޖިއޮގުރަޕިކުން އިން ރާއްޖޭގައި 2010 ވަނަ އަހަރު ނިންމި މި ނިންމުމަށް
މަރުހަބާ ކިޔާފައިވެއެވެ. އަދި އެފަރާތުން ހާމަކުރާ ގޮތުގައި ރާއްޖޭގައި
މިޔަރުގެ 30 ބާވަތެއް އުޅެއެވެ. އަދި މިގޮތަށް މިޔަރުގެ ބާވަތްތައް
މަނާކުރެވުނު ދެވަނަ ގައުމަކީ ދިވެހިރާއްޖެއެވެ.
ރާއްޖޭން މި ނިންމުން ނިންމުމަކީ ރާއްޖޭން މިޔަރުގެ
ބާވަތްތައް ނެތުމަށް މެދުވެރިވާ ސަބަބުތައް އަދި މަދުވާ މިންވަރު
ކުޑަކުރުމަށް އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެހެނީ މިޔަރަކީ
ދަރިމައިވުން ލަސް އަދި ބޮޑުވުމަށް ދުވަސް ނަގާ މަދުން ވިހާ މަހެކެވެ.
މިހެން ކަން އޮތް އިރު އުރަހައިގެ ބޭނުމުގައި އަހަރަކު 73 މިލިއަންވުރެ
ގިނަ މިޔަރު ކޮންމެ އަހަރަކު ހިފަމުންގެންދާކަމަށް ޖިއޮގުރަފީން
ހާމަކުރަށްވައެވެ.
އަޅުގަނޑުގެ މިލިޔުމަކީ ބޮޑަށް ކަށި މިޔަރާއި ބެހޭގޮތުން
ލިޔެވޭ ލިޔުމެއްނަމަވެސް ފެށުމުގެ ގޮތުން ކޮންމެސްވަރަކަށް މިޔަރާއި
ބެހޭގޮތުން އަދި މިޔަރު ހިފުން މަނާކުރެވުނު ސަބަބާއި ބެހޭގޮތުން ކުޑަ
މައުލޫމާތުކޮޅެއް ހިއްސާކޮށްލުމަށްފަހު ކަށިމިޔަރާއި ބެހޭގޮތުން ލިޔުން
ކުރިޔަށްގެންދަމެވެ. ކަށިމިޔަރު ރާއްޖޭގައި ބޮޑަށް ބޭނުންކުރެވެމުން އައީ
ކަށިމިޔަރު ތެޔޮ ނެގުމަށެވެ. އަދި މަސްގަނޑު ލޮނު އަޅާ ހިއްކައެވެ.
ކަށިމިޔަރު ތެލަކީ ދިވެހި ބޭހުގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ގައިގެ
ރިހުމާއި ވައިގެ ބަލިތަކަށް ކަށިމިޔަރުތެޔޮ ބޭނުންކުރެއެވެ. އަދި ކަށީގެ
ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ކަށި މިޔަރު ތެޔޮ ގައިގައި ލައެވެ. އަދި
ކަށިމިޔަރު ތެލަކީ އެފަދަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބުއިމަށް
ބޭނުންކުރެވޭ ފަދަ ތެލެކެވެ. އަޅުގަނޑުވެސް ކަށި މިޔަރު ތެޔޮ ގައިގައި
އުނގުޅުމަށް ބޭނުންކުރި މީހަކަށްވާތީ އެތަލަކީ ކަށީގެ ރިހުންތަކަށް، ވައިގެ
ބައްޔަށް ވަރަށް ރަނގަޅުކަން ފާހަގަކުރަމެވެ. އަދި އެތެލަކީ ބޭހެއްގެ
ގޮތުގައި ބޯންވެސް ފަސޭހަތެލެކެވެ.
ރާއްޖޭގައި ކަށިމިޔަރު ތެޔޮ ބޭނުންކުރާއިރު ދުނިޔޭގެ އެހެން
ގައުމުތަކުގައިވެސް ކަށިމިޔަރު ތެލަކީ މަޤުބޫލްއެއްޗެކެވެ. ކަށިމިޔަރަކީ
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ކެއުމަށް ބޭނުންކުރާ މަހެކެވެ.
މިގޮތުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ، ކެނެޑާ، ނިއުޒިލެންޑް އަދި
ޗިލީގައި ކަށިމިޔަރު ބޭނުންކުރެއެވެ.
ކަށިމިޔަރަކީ
މިޔަރުގެ ވައްތަރުތަކުގެ ތެރޭން މަދުވަމުން އަންނަ ވައްތަރެކެވެ. އަދި މި
ބާވަތުގެ މިޔަރަކީ މިޔަރުގެ އެހެން ވައްތަރުތަކަށްވުރެ ކުޑަ ވައްތަރެކެވެ.
މަޑު އަޅިކުލަޔަކަށް ދާ މި މިޔަރުގައި ހުދު ތިކިތަކެއް މަޑުކޮށް ހުރެއެވެ.
ކަށިމިޔަރުގެ މަތީގައިވާ ދެ އުރަހައިގެ ކައިރީގައި ކަށްޓެއް އިނދެއެވެ.
ކަށިމިޔަރުގެ ނަން މިބާވަތުގެ މިޔަރަށް ދީފައިވަނީ މިސަބަބަށްޓަކައެވެ.
އަދި ފުރަތަމަ ޑޯރސަލް ފިންގެ ކުރިމަތީގައި އުރަހަ ބުޑުގައި އަދި ސެކަންޑް
ޑޯރސަލް ފިން ނުވަތަ ދެވަނައަށް އިންނަ އުރަހައިގެ ބުޑުން ފަޅާފައިވާ
ކަށްޓަކީ ވިހަ ކަށްޓެކެވެ. އެހެން ވައްތަރުތަކުގެ މިޔަރަށްވުރެ ނިސްބަތުން
ލޯ ބޮޑު މި މިޔަރުގައި އޭނަލް ފިން އެއް ނީނދެއެވެ.
ކަށިމިޔަރުގެ ތެޔޮ ހަދާ ގޮތާ ބެހޭގޮތުން އެމަސައްކަތްކުރެއްވި
ފަރާތަކުން ބުނެފައިވަނީ މިޔަރުގެ މޭގަނޑު ނަގާފައި ވަޅި ޖަހާ އެކި
ތަންތަނުން ފަޅާފައި ޓިނުގަނޑެއް މަތީގައި އަވީގައި ބާއްވައިގެން
ޓިނުގަނޑަށް ފައިބާ ތެޔޮ އެހެން އެއްޗަކަށް ނަގާކަމަށެވެ. އަދި މޭގަނޑު
ތެއްޔަކަށް ލައިގެން ކައްކައިގެންވެސް ތެޔޮނެގިދާނެކަމާއި، ކުދިކޮށް
ކޮށާފައި އެއްޗަކަށް އަޅާ ބަންދުކޮށްފައި ބެހެއްޓުމުންވެސް
ތެލަށްވާނެކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ. މިގޮތަށް
ބަންދުކޮށްފައި ބެހެއްޓުމުން އެ ތެލަށް ވުމުން ތެޔޮ ފުރާނާ ކުނޑިއާއި
ވަކިކުރުމުން ތެލަށްވީއެވެ. ކަށިމިޔަރު ތެޔޮވެސް ސާފްކޮށް ހުންނައިރު
ކަހަނބުގެ ސަރުބީއާއި މޭ ކައްކައިގެން ހަދާފައި ހުންނަ ތެލާ މާ ބޮޑު
ތަފާތެއް ނުހުރެއެވެ.
ކަށިމިޔަރުގެ ދަތްތަކަށް ބާލާއިރު ފާހަގަކުރެވޭ ކަމަކީ ދައްތައް އާދަޔާ ޙިލާފަށް ތޫނުކަމެވެ. އަދި ފުރަތަމަ ދެބަރީގެ ދަތް ބޭނުންކުރަނީ ސިކާރަކުރުމަށެވެ. އަދި ދަތެއް ވެއްޓިއްޖެނަމަ ނުވަތަ ބިނދުންފަދަ ކަމެއް ވެއްޖެނަމަ ދައް ފަޅާ އާވާކަން ފާހަގަކުރެވެއެވެ. ކަށިމިޔަރުގެ ފިރެހެން މިޔަރުގެ 11 އަހަރާ ހިސާބުގައި 80 ސމ އާއި 100 ސމ އާ ދެމެދަށް ބޮޑުވެއެވެ .އަދި 48 ސމ އާއި 180 ސމ އާ ދެމެދަށް ކަށިމިޔަރު ބޮޑެތިވާކަމަށް ލަފާކުރެވިފައިވެއެވެ.
ކަށިމިޔަރުގެ ދިރިއުޅުމަށް ބަލާއިރު ކަށިމިޔަރަކީ ފުނުގައި
އުޅޭ ވައްތަރެކެވެ. މިގޮތުން 2،400 ފޫޓު ފުނުގައި އުޅޭ މި މިޔަރަކީ 7
ޑިގްރީ އާއި 15 ޑިގްރީ އާ ދޭތެރޭގެ ފިނުހޫނުމިނުގައި ދިރިއުޅޭ މިޔަރެކެވެ.
އުމުރުން ދުވަސްވީ އެކި ފަރާތްތަކާއި ސުވާލުކޮށްލުމުން އެނގުނުގޮތުގައި
ކަށިމިޔަރު ބާނަނީ ވަރަށް ފުން ހިސާބަކުންނެވެ. މިގޮތުން 5، 6 ވަރަކަށް
ބޮޅު ކަންވާރު އެންމެ ކުރުވެގެންވެސް ކަށިމިޔަރު ބާނަން ބޭނުންވާކަމަށް
ބުނެއެވެ. މި މިޔަރު އިންޑިއާ ކަނޑާއި ނޯރްތް ޕެސިފިކް ނޯރތް އެޓްލާންޓިކް،
މެޑްޓްރޭނިއަން ސީ، ބްލެކް ސީގައި އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.
ކަށިމިޔަރު ކަނީ އާންމުކޮށް ކުދި މަސް، ބޯވާ ދިލަމަސް ފަދަ
އެއްޗިއްސެވެ. އަދި ކަށިމިޔަރު އާންމުކޮށް ބޮޑުމަސް ، މިޔަރުގެ
ވައްތަރުތަކުގެ ސިކާރައަކަށް ވެއެވެ. އަދި ބޯވާ ވެސް ކަށިމިޔަރު ހަމަލާ ދީ
މަރާލުމަށް ފަހު ކައެވެ. ކަށިމިޔަރުގެ އުމުރަކީ ލަފާކުރެވޭގޮތުގައި 25
އަހަރާއި 100 އަހަރާއި ދެމެދެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުން 25
އަހަރާއި 80 އަހާރާ ދެމެދުކަމަށް ބުނެއެވެ.
ކަށިމިޔަރަކީ އެހެނިހެން ވައްތަރުތަކުގެ މިޔަރާ ހިލާފަށް
ދިވެހިންގެ ތެރޭގައި އެހާ އާންމު ވައްތަރެއްގެ މިޔަރެއް ނޫނެވެ.
އެހެންނަމަވެސް މިހާރަކަށް އައިސް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ވަނީ
ހުއްޓިފައެވެ. މިޔަރުގެ މަސްވެރިކަން މަނާކުރުމާއި ބެހޭގޮތުން ވާހަކަ
ދެކެވޭއިރު އެ މަސައްކަތްކުރާ މަސްވެރިންގެ
ހިތްނުތަނަވަސްވެ މާޔޫސްވުމަކީ އެކަށީގެންވާ ކަމެކެވެ. ކަންތައް ވެގެންވެސް
އައީ އެގޮތަށެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކުން އެގޮތަށް އެކަން
ކުރަން ނުޖެހޭނެކަމަށް އަންނަނީ ބުނަމުންނެވެ.
އެއެހެންނަމަވެސް އަޅުގަނޑުމެންނީ ﷲ ފުރިހަމަ ބުއްދިދެއްވި
މަޙްލޫގަކަށްވާއިރު ވިސްނާލަމާ ތޯއެވެ. ﷲ މިދުނިޔެއާއި ކާއިނާތުގައި
ލައްވާފައިވާ ކޮންމެ އެއްޗެއްވެސް ލައްވަނީ ކަނޑައެޅިގެންވާ ވަކި
މިންވަރަކަށެވެ. އަދި ބައެއް ބާވަތްތައް މުޅިން ނެތިގެން ދިއުމަކީ ދުނިޔޭގެ
ވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ވާނެކަމެކެވެ. މީގެ އިތުރު
ތަފްސީލް (ތިމާވެށި ޙިމާޔަތްކުރުން އިސްލާމްދީނުގައި ، ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކުގެ ކުނިބުނީގެ ނުރައްކަލުގެ ތެރޭގައި ދުނިޔެ ،) އިސްލާމްދީނުގެ އަލީގައި ބަޔާންކުރެވިފައިވާ މި ލިންކަށް ވަޑައިގެންނެވުމުން ލިބިލައްވާނެއެވެ.
ރާއްޖޭގައި ހުރިހާ ބާވަތެއްގެ މިޔަރު ހިފުމާއި ގޯނާކުރުން
މަނާކުރުމަކީ ދުނިޔޭގައި މިޔަރު ހިމާޔަތްކުރުމަށް ކުރެވެމުންދާ
މަސައްކަތަށް ވެދެވުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ. ނޭޝަނަލް
ޖިއޮގުރަޕިކުން އިން ރާއްޖޭގައި 2010 ވަނަ އަހަރު ނިންމި މި ނިންމުމަށް
މަރުހަބާ ކިޔާފައިވެއެވެ. އަދި އެފަރާތުން ހާމަކުރާ ގޮތުގައި ރާއްޖޭގައި
މިޔަރުގެ 30 ބާވަތެއް އުޅެއެވެ. އަދި މިގޮތަށް މިޔަރުގެ ބާވަތްތައް
މަނާކުރެވުނު ދެވަނަ ގައުމަކީ ދިވެހިރާއްޖެއެވެ.
ރާއްޖޭން މި ނިންމުން ނިންމުމަކީ ރާއްޖޭން މިޔަރުގެ
ބާވަތްތައް ނެތުމަށް މެދުވެރިވާ ސަބަބުތައް އަދި މަދުވާ މިންވަރު
ކުޑަކުރުމަށް އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެހެނީ މިޔަރަކީ
ދަރިމައިވުން ލަސް އަދި ބޮޑުވުމަށް ދުވަސް ނަގާ މަދުން ވިހާ މަހެކެވެ.
މިހެން ކަން އޮތް އިރު އުރަހައިގެ ބޭނުމުގައި އަހަރަކު 73 މިލިއަންވުރެ
ގިނަ މިޔަރު ކޮންމެ އަހަރަކު ހިފަމުންގެންދާކަމަށް ޖިއޮގުރަފީން
ހާމަކުރަށްވައެވެ.
އަޅުގަނޑުގެ މިލިޔުމަކީ ބޮޑަށް ކަށި މިޔަރާއި ބެހޭގޮތުން
ލިޔެވޭ ލިޔުމެއްނަމަވެސް ފެށުމުގެ ގޮތުން ކޮންމެސްވަރަކަށް މިޔަރާއި
ބެހޭގޮތުން އަދި މިޔަރު ހިފުން މަނާކުރެވުނު ސަބަބާއި ބެހޭގޮތުން ކުޑަ
މައުލޫމާތުކޮޅެއް ހިއްސާކޮށްލުމަށްފަހު ކަށިމިޔަރާއި ބެހޭގޮތުން ލިޔުން
ކުރިޔަށްގެންދަމެވެ. ކަށިމިޔަރު ރާއްޖޭގައި ބޮޑަށް ބޭނުންކުރެވެމުން އައީ
ކަށިމިޔަރު ތެޔޮ ނެގުމަށެވެ. އަދި މަސްގަނޑު ލޮނު އަޅާ ހިއްކައެވެ.
ކަށިމިޔަރު ތެލަކީ ދިވެހި ބޭހުގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ގައިގެ
ރިހުމާއި ވައިގެ ބަލިތަކަށް ކަށިމިޔަރުތެޔޮ ބޭނުންކުރެއެވެ. އަދި ކަށީގެ
ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ކަށި މިޔަރު ތެޔޮ ގައިގައި ލައެވެ. އަދި
ކަށިމިޔަރު ތެލަކީ އެފަދަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބުއިމަށް
ބޭނުންކުރެވޭ ފަދަ ތެލެކެވެ. އަޅުގަނޑުވެސް ކަށި މިޔަރު ތެޔޮ ގައިގައި
އުނގުޅުމަށް ބޭނުންކުރި މީހަކަށްވާތީ އެތަލަކީ ކަށީގެ ރިހުންތަކަށް، ވައިގެ
ބައްޔަށް ވަރަށް ރަނގަޅުކަން ފާހަގަކުރަމެވެ. އަދި އެތެލަކީ ބޭހެއްގެ
ގޮތުގައި ބޯންވެސް ފަސޭހަތެލެކެވެ.
ރާއްޖޭގައި ކަށިމިޔަރު ތެޔޮ ބޭނުންކުރާއިރު ދުނިޔޭގެ އެހެން
ގައުމުތަކުގައިވެސް ކަށިމިޔަރު ތެލަކީ މަޤުބޫލްއެއްޗެކެވެ. ކަށިމިޔަރަކީ
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ކެއުމަށް ބޭނުންކުރާ މަހެކެވެ.
މިގޮތުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ، ކެނެޑާ، ނިއުޒިލެންޑް އަދި
ޗިލީގައި ކަށިމިޔަރު ބޭނުންކުރެއެވެ.
ކަށިމިޔަރަކީ
މިޔަރުގެ ވައްތަރުތަކުގެ ތެރޭން މަދުވަމުން އަންނަ ވައްތަރެކެވެ. އަދި މި
ބާވަތުގެ މިޔަރަކީ މިޔަރުގެ އެހެން ވައްތަރުތަކަށްވުރެ ކުޑަ ވައްތަރެކެވެ.
މަޑު އަޅިކުލަޔަކަށް ދާ މި މިޔަރުގައި ހުދު ތިކިތަކެއް މަޑުކޮށް ހުރެއެވެ.
ކަށިމިޔަރުގެ މަތީގައިވާ ދެ އުރަހައިގެ ކައިރީގައި ކަށްޓެއް އިނދެއެވެ.
ކަށިމިޔަރުގެ ނަން މިބާވަތުގެ މިޔަރަށް ދީފައިވަނީ މިސަބަބަށްޓަކައެވެ.
އަދި ފުރަތަމަ ޑޯރސަލް ފިންގެ ކުރިމަތީގައި އުރަހަ ބުޑުގައި އަދި ސެކަންޑް
ޑޯރސަލް ފިން ނުވަތަ ދެވަނައަށް އިންނަ އުރަހައިގެ ބުޑުން ފަޅާފައިވާ
ކަށްޓަކީ ވިހަ ކަށްޓެކެވެ. އެހެން ވައްތަރުތަކުގެ މިޔަރަށްވުރެ ނިސްބަތުން
ލޯ ބޮޑު މި މިޔަރުގައި އޭނަލް ފިން އެއް ނީނދެއެވެ.
ކަށިމިޔަރުގެ ތެޔޮ ހަދާ ގޮތާ ބެހޭގޮތުން އެމަސައްކަތްކުރެއްވި
ފަރާތަކުން ބުނެފައިވަނީ މިޔަރުގެ މޭގަނޑު ނަގާފައި ވަޅި ޖަހާ އެކި
ތަންތަނުން ފަޅާފައި ޓިނުގަނޑެއް މަތީގައި އަވީގައި ބާއްވައިގެން
ޓިނުގަނޑަށް ފައިބާ ތެޔޮ އެހެން އެއްޗަކަށް ނަގާކަމަށެވެ. އަދި މޭގަނޑު
ތެއްޔަކަށް ލައިގެން ކައްކައިގެންވެސް ތެޔޮނެގިދާނެކަމާއި، ކުދިކޮށް
ކޮށާފައި އެއްޗަކަށް އަޅާ ބަންދުކޮށްފައި ބެހެއްޓުމުންވެސް
ތެލަށްވާނެކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ. މިގޮތަށް
ބަންދުކޮށްފައި ބެހެއްޓުމުން އެ ތެލަށް ވުމުން ތެޔޮ ފުރާނާ ކުނޑިއާއި
ވަކިކުރުމުން ތެލަށްވީއެވެ. ކަށިމިޔަރު ތެޔޮވެސް ސާފްކޮށް ހުންނައިރު
ކަހަނބުގެ ސަރުބީއާއި މޭ ކައްކައިގެން ހަދާފައި ހުންނަ ތެލާ މާ ބޮޑު
ތަފާތެއް ނުހުރެއެވެ.
ކަށިމިޔަރުގެ ދަތްތަކަށް ބާލާއިރު ފާހަގަކުރެވޭ ކަމަކީ ދައްތައް އާދަޔާ ޙިލާފަށް ތޫނުކަމެވެ. އަދި ފުރަތަމަ ދެބަރީގެ ދަތް ބޭނުންކުރަނީ ސިކާރަކުރުމަށެވެ. އަދި ދަތެއް ވެއްޓިއްޖެނަމަ ނުވަތަ ބިނދުންފަދަ ކަމެއް ވެއްޖެނަމަ ދައް ފަޅާ އާވާކަން ފާހަގަކުރެވެއެވެ. ކަށިމިޔަރުގެ ފިރެހެން މިޔަރުގެ 11 އަހަރާ ހިސާބުގައި 80 ސމ އާއި 100 ސމ އާ ދެމެދަށް ބޮޑުވެއެވެ .އަދި 48 ސމ އާއި 180 ސމ އާ ދެމެދަށް ކަށިމިޔަރު ބޮޑެތިވާކަމަށް ލަފާކުރެވިފައިވެއެވެ.
ކަށިމިޔަރުގެ ދިރިއުޅުމަށް ބަލާއިރު ކަށިމިޔަރަކީ ފުނުގައި
އުޅޭ ވައްތަރެކެވެ. މިގޮތުން 2،400 ފޫޓު ފުނުގައި އުޅޭ މި މިޔަރަކީ 7
ޑިގްރީ އާއި 15 ޑިގްރީ އާ ދޭތެރޭގެ ފިނުހޫނުމިނުގައި ދިރިއުޅޭ މިޔަރެކެވެ.
އުމުރުން ދުވަސްވީ އެކި ފަރާތްތަކާއި ސުވާލުކޮށްލުމުން އެނގުނުގޮތުގައި
ކަށިމިޔަރު ބާނަނީ ވަރަށް ފުން ހިސާބަކުންނެވެ. މިގޮތުން 5، 6 ވަރަކަށް
ބޮޅު ކަންވާރު އެންމެ ކުރުވެގެންވެސް ކަށިމިޔަރު ބާނަން ބޭނުންވާކަމަށް
ބުނެއެވެ. މި މިޔަރު އިންޑިއާ ކަނޑާއި ނޯރްތް ޕެސިފިކް ނޯރތް އެޓްލާންޓިކް،
މެޑްޓްރޭނިއަން ސީ، ބްލެކް ސީގައި އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.
ކަށިމިޔަރު ކަނީ އާންމުކޮށް ކުދި މަސް، ބޯވާ ދިލަމަސް ފަދަ
އެއްޗިއްސެވެ. އަދި ކަށިމިޔަރު އާންމުކޮށް ބޮޑުމަސް ، މިޔަރުގެ
ވައްތަރުތަކުގެ ސިކާރައަކަށް ވެއެވެ. އަދި ބޯވާ ވެސް ކަށިމިޔަރު ހަމަލާ ދީ
މަރާލުމަށް ފަހު ކައެވެ. ކަށިމިޔަރުގެ އުމުރަކީ ލަފާކުރެވޭގޮތުގައި 25
އަހަރާއި 100 އަހަރާއި ދެމެދެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުން 25
އަހަރާއި 80 އަހާރާ ދެމެދުކަމަށް ބުނެއެވެ.
- ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުން( 4ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި
ޞިއްހަތު
މުހިންމު ސައިޓްތައް
-
ރާއްޖެއިން ދިޔަ ލަންކާގެ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ - ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ އެ ގައުމުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން، ރާއްޖ...3 years ago
-
ލައިވް ކަވަރޭޖް: މާފަރު އެއާޕޯރޓަށް ޓެސްޓް ފުލައިޓް ޖެއްސުން - ނ.އަތޮޅުގައި ފުރަތަމަ ފަހަރަށް ހެދުނުއިންޓަނޭޝަނަލް އެއާރޕޯރޓްކަމަށްވާ މާފަރު އެއާރޕޯރޓަށް ފުރަތަމަ ޓެސްޓް ފުލައިޓް ޖެއްސުމުގެ ހާއްޞަ ލައިވް ކަވަރޭޖަށް މ...5 years ago
-
-
-
މަގްބޫލް ލިޔުންތައް
-
Add caption މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރ...
-
ހިކިފަސްގަނޑަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމ...
-
ނިޔާ/ޅޮހި ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދި...
-
ނިޔާ/ޅޮހި ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިނ...
-
ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާ...
-
Niys/lhohi އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން...
-
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރ...
-
ނިޔާ/ޅޮހި ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި...
-
ނިޔާ/ޅޮހި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުނ...
ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް
- admin
- ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
- މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com
ލިޔުންތައް ތާރީޙާއި އެކު
-
►
2016
(2)
- ► 01/10 - 01/17 (2)
-
►
2014
(1)
- ► 05/18 - 05/25 (1)
-
►
2012
(13)
- ► 10/21 - 10/28 (6)
- ► 05/06 - 05/13 (4)
- ► 04/29 - 05/06 (2)
- ► 03/25 - 04/01 (1)
-
►
2011
(13)
- ► 07/03 - 07/10 (1)
- ► 06/12 - 06/19 (1)
- ► 05/22 - 05/29 (3)
- ► 05/15 - 05/22 (8)
-
►
2010
(1)
- ► 11/21 - 11/28 (1)