ގެވެށި އަނިޔާ ހުއްޓުވޭނީ އިސްލާމީ އުސޫލުތަކާއި އެއްގޮތައް ގާނޫނު ހަދައިގެން


ނިޔާ/ޅޮހި
ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދިރިއުޅޭ މާހައުލުން ލިބޭ އަނިޔާތަކެވެ. ކުޑަކުދިންނަށް މައިންބަފައިންގެ ފަރާތުން ލިބެމުންދާ އަނިޔާއާއި އަނބިންނަށް ފިރިންގެ ފަރާތުން ލިބޭ އަނިޔާއާ،އަނބިންގެ ފަރާތުން ފިރިންނަށް ލިބޭ އަނިޔާ އަކީ ގެވެށި އަނިޔާއެވެ.





އެކަމަކު ގެވެށި އަނިޔާގެ ގޮތުގައި ބޮޑަށް ފާހަނގަ ކުރެވިފައިވަނީ އަންހެނުންނައް ކުރާ އަނިޔާތައް ކަމުގައި ވީނަމަވެސް ފިރިންނައް އަނބިންގެ ފަރާތުން ލިބޭ އަނިޔާތައްވެސް މަދެއް ނޫނެވެ. މިފަދަ އަނިޔާތަކުގެ ސަބަބުން ގިނަ އާއިލާތަކެއް ވަނީ ނިކަމެތިކަން ލިބި ބައިބައިވެފައެވެ. އެތައް އާއިލާތަކެއް ވަނީ ރޫޅިފައެވެ. އެތައް ކުދިންނެއް ވަނީ މައިންބަފައިންނާއި ވަކިވެ ބިކަހާލު ޖެހި ތައުލީމު އުގެނުމުން މަހުރޫމުވެ އަޅާލާނެ ފަރާތެއް ނެތި ގިނަވެފައެވެ. އެތައްބަޔަކު ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވަނީ ނިކަމެތިވެފައެވެ.


ގެވެށި އަނިޔާގެ މައްސަލަ މިއަދު ވަނީ ކަންބޮޑުވާންޖެހޭފަދަ ހާލަތެއްގައެވެ. މި ފަދަ އަނިޔާތައް ހުއްޓުވުމައް ތަފާތު ގޮތްގޮތުން އަންހެނުންގެ ޖަމުއިއްޔާތަކާއި ސަރުކާރުން އަންނަނީ ވަކާލަތުކުރަމުންނެވެ. މި މަސައްކަތް ދުނިޔޭގެ ފެންވަރުގައިވެސް ވަރަށްފުޅާކޮށް ދަނީ ކުރެވެމުންނެވެ. އަދި އެތަކެއް ޖަމްއިއްޔާއެއްވަނީ ހަމައެކަމަށްޓަކައި އުފެދިފައެވެ .ނަމަވެސް މިކަމުގައި އަދިވެސް ހައްލެއްވަނީ ލިބޭގޮތް ނުވެފައެވެ.


އަދި ބައެއް މީހުން އިސްލާމްދީނުގެ ނަމުގައިވެސް އިސްލާމްދީނާ ހިލާފައް ތަފާތު އަނިޔާތައް ކުރަމުންދާކަމައް އަންނަނީ ބުނަމުންނެވެ. އިސްލާމްދީނުގެ ނަމުގައި އެފަދަ އަނިޔާތައް ދޭކަމުގައިވަނީ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އާދެ އިސްލާމް ދީނަކީ އަނިޔާވެރިކަމައް ބާރު އަޅާ ދީނެއް ނޫނެވެ. އިސްލާމް ދީނަކީ އަނިޔާވެރިކަން ނައްތާލާ އަދުލްވެރިކަމާއި ސުލްހަވެރިކަމައް ގޮވާލާ ދީނެވެ. އަނިޔާވެރި އަމަލުތައް ވަނީ ﷲ ތައާލާ ހަރާމްކުރަށްވާފައެވެ.


އިސްލާމް ދީން އައުމުގެ ކުރިން ދުނިޔޭގަައި އަނިޔާވެރިކަން ވަރަށް ބޮޑުވެ އަންހެނުންނާއި ކުޑަކުދިންނައް ތަފާތު އަނިޔާ ދެވެމުންއައިސްފައިވެއެވެ.ކުޑަކުދިންނާްއި އަންހެނުންގެ މެދުގައި ލާއިންސާނީ އެތަކެއް ޖަރީމާއެއް ހިންގަމުންއައެވެ. އަދި ކުޑަކުދިންނާއި އަންހެނުން އެފަދަ ޖަރީމާތައް ހިންގުމުގައި ބައިވެރިކުރަމުންދިޔައެވެ. އަންހެނުންނަކީ ގަނެ ވިއްކާ މުދަލެއްގެ ގޮތުގައި ވިއްކުމަކީވެސް އޭރު އާންމުކަމެކެވެ. އަންހެން ދަރިޔަކު ލިބިއްޖެ ނަމަ އަވަހައް އެކުއްޖަކު މަރަލާނެ ގޮތަކާ މެދު ވިސްނަން ފަށައެވެ . ބައެއް ކުދިން ވަރަށް ޅަފަތުގައި މަރާ ބައެއް ކުދިން ފުރާވަރަށް އެރުމުން ދިރިހުއްޓާ އަނިޔާވެރި ގޮތުގައި ވަޅުލުން ފަދަ އަނިޔާވެރި އަމަލުތައް އިސްލާމްދީން އައުމުގެ ކުރިން ވަނީ ހިނގަމުން އައިސްފައެވެ. ނަމަވެސް އިސްލާމްދީން އައުމައްފަހު އަނިޔާވެރި އަމަލުތަކަށް ނިމުންގެނުވިއެވެ.


އާދެ ޖާހިލިއްޔަ ޒަމާނުގައި ގެވެށި އަނިޔާ ދެމުން އައިސްފައިވާ ގޮަތައް އަނިޔާ ދިނުން ހުއްޓިފައިވީނަމަވެސް މިއަދުވެސް ގެވެށި އަނިޔާ ތަފާތު ގޮތްގޮތައް ދެވެމުން ދެއެވެ. އެ ޒަމާނުގައި ދެވިފައިވާ އަނިޔާތަކާއި ތަފާތުކޮށް ނަމަވެސް ގެވެށި އަނިޔާ މިއަދު މިވަނީ ގައުމުގައި އާންމުވެފައެވެ. ކުޑަކުދިން ވިހެއުމައްފަހު އެއްލުމާއި ޖިންސީއަނިޔާތަށް ދަރިންނަށްކުރުމާއި ދޮންނަމެސެނައްލާ މަރާލާފަ ދަޅުދަޅައްލާ ވަޅުލުންފަދަ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގަމުން އަންނަހިދު އެކަން ހުއްޓުވުމައް މަސައްކަތްކުރުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހިފައިވާކަމެކެވެ. މިފަދަ އަނިޔާތައް ހުއްޓުވުމައް ގައުމީި ފެންވަރުގަޔާއި ފަރުދީ ފެންވަރުގައިވެސް މިއަދު މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެެކެވެ. ގެވެށި އަނިޔާއާ ބެހޭ ގާނޫނެއް ހެދޭއިރު އެ ގާނޫނު އިސްލާމީ ޝަރީއަތާއި ޚިލާފް ނުވާނެ ފަދަ ގޮތަކަށް ހެދުމަކީ ވަރަށް މުހިންމުކަމެކެވެ. ގާނޫނު ހެދުމުގައި އިސްލާމީ ޝަރީއަތް ބަލާ ދިރާސާކޮށް ހެދުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. ޝައްކެތްނެތެވެ. ގެވެށި އަނިޔާ މިހާލަތުގައިވަނިކޮށް ހުއްޓުވޭނީ އިސްލާމީ އުސޫލުތަކާއި އެއްގޮތައް ގާނޫނުތައްހަދާ ތަންފީޒުކުރެވިގެންނެވެ. އެހެންކަމައްވާއިރު މިކަމުގައި އިސްލާމީ އުސޫލްތަކާއި ޚިލާފައް ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ގެވެށި އަނިޔާ ނުހުއްޓުވޭނެކަން ޔަގީނެވެ.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com