މުޖުތަމަޢުއަކީ އަމާންތަނަކަށް ހެދުން


އިންސާނީ ނަސްލު އާބަދުވެ ކުރިއަރާ ދިއުމަށްޓަކައި މުޖުތަމައުއަކީ އަމާންކަން ގާއިމްވެފައިވާ މުޖުތަމަޢައަކަށް ވާންޖެއެވެ. އެ މުޖުތަމަޢުގައި އިސްލާމްދީން ދަށްކަވާފައިވާ އިންސާނީ ރިވެތި އުސޫލުތަށް ހުންނަންޖެހޭނެއެވެ
.އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މަތީގައި
އެތަނެއް ނުހަނު ބާރަށް ކުރިއަރާ ތަރަށްޤީވެދާނެއެވެ. މުޖުތަމަޢުއަކީ އަމާން ތަނަކަށް ހެދުމަށް ﷲ މީގެ 1400 އަހަރުކުރިން ކީރިތި ގުރުޢާނުގައި ވަނީ އަންގަވާފައެވެ. މި ގޮތުން އެކަކު އަނެކާގެ މެދުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަމާއި

ވައްކަންކުރުމާއި ޙައްޤަކާއި ނުލާ މީހުން މެރުންފަދަ އެންމެހާ ކަންތައްތަކުން ދުރުވުމަށް ވަނީ އަންގަވާފައެވެ. އަދި ހަމަ އެހެންމެ އެފަދަ  އަމަލުތަށްކުރާމީހުންގެ ކިބައިން ސަލާމަތްވުމަށް އަދުލްއިންސާފްގެ ހަރުދަނާ ނިޒާމެއްވަނީ ގެނެސްދެއްވާފައެވެ.
ކޮންމެ އިންސާނަކީވެސް ކަރާމާތްތެރި މީހެއްކަމާއި އެކަކުއަނެކާއަށް އިޙްތިރާމްކޮށް އެކުވެރިކަމާއި އެކު އުޅުމަށް އިސްލާމްދިން ގޮވާލައެވެ. އަނެކާއަށް އުނދަގޫވަނިވި އެންމެހާ އަމަލުތަކާއި ހަމަނުޖެހުން އުފެދޭފަދަ އެންމެހާކަންތަށްތަކުން ދުރުވެގަތުމަށް ގޮވާލެއްވިއެވެ. މި އެންމެހާކަންތައްތަކާއި ރިވެތި އުސޫލުތަށް އިންސާނިއްޔަތަށް އުގަންނަވާ އަންގަވާދެއްވުމުގެ ހަގީގީ ބޭނުމަކީ މުޖުތަމައުގައި އަމާންކަން ޤާއިމުކޮށް ﷲ އާއި ރަސޫލާއަށް ލޯބިކުރާ މުޖަތަމައުއެއް އުފެއްދުންކަން ޔަގީނެވެ.
ގައުމުގެ ކޮންމެ ދިމާލަކުންވެސް އިވެމުންދަނީ ތަފާތު ހަމަނުޖެހުންތަކުގެ އަޑެވެ. "މާރާމާރިއެއްގައި އަނިޔާވެފައިވާ މީހަކު ފަރުވާދެމުންދަނިކޮށް މަރުވެއްޖެ"، " މީހަކު މަރާލިކަމުގެ ކުށުގައި ހައްޔަރުކުރެވުނު މީހަކު ދޫކޮށްލުމުން ދެވަނަ މީހަކު މަރާލައިފި" ، ފިހާރައެއްގެ ސޭޓަކަށް ބިރުދަށްކައިގެން ފައިސާތަށް ފޭރިގަނެފި" . މީ އަހަރުތަކެއް ކުރިންފަށައިގެން އާންމުކޮށް އިވެމުން އަންނަ އަޑުތަކެކެވެ.މިފަދަ ލާއިންސާނީ އަމަލުތަށް ގައުމުގައި އާންމުވެފައިވަނީ ކަންބޮޑުވާންޖެހޭފަދަ މިންވަރަކަށެވެ. ބިރުވެރިކަން އިންތިހާޔަށް ބޮޑެވެ. މުޖުތަމައުގައި ވަނީ ނާމާންކަމާއި ބިރުވެރިކަން ފެތުރިފައެވެ.
މުޖުތަމަޢުގައި އުފެދިފައިވާ މިފަދަ ލައިންސާނީ ޖަރީމާތަކުގެ ބިރުވެރިކަން ތަޙައްމަލުނުކުރާ އާއިލާއެއް މަދެވެ. ބައެއްފަހަރު ގޭން ނިކުމެގެން ފައިސާހިފައިގެން ފިހާރަޔަކަށް ނުވަތަ އެހެންވެސްތަނަކަށް ރަށްކާތެރިކަމާއި އެކު ދެވޭނެކަމުގެ ޔަގީންކަމެއް ނޯވެއެވެ. ކަޓަރުއެޅުމާއި ފޭރުމާއި މީހުން މެރުމުގެ ޖަރީމާތަކުގެ ސަބަބުން ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ގިނަބަޔަކުވަނީ ބަލިކަށިވެފައެވެ.
ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެންމެ މުހިންމުކަމަކީ މުޖުތަމަޢުގައި އަމާންކަން ގާއިމުކުރުމެވެ.ހަގީގަތުގައި ގައުމުގެ ތަރައްްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމާންކަމާއި ސުލްހަ ގެއްލޭފަދަ ޖަރީމާތަށް ހިނގަމުންދިއުމެވެ. އެހެންކަމުން އެފަދަ ޖަރީމާތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ  މިއަދުކުރަންޖެހިފައިވާކަމެކެވެ. ރަށްޔިތުންނަށް އަމާން މުޖުތަމއުއެއް ގާއިމުކޮށް ދިނުމަކީ ހަމަ އެކަނި ސަރުކާރުގެ ކަމެކޭ ބުނެ ތިބެވޭކަށްވެސް ނެތެވެ. އެހެނީ އެންމެހާ އާއިލާތަކަށް އެ އަމަލުތަކެއްގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މިފަދަ ކަންތަށްތަށް ހުއްޓުވުމަށް ސަރުކާރާއި ރަށްޔިތުންނާއި ހާއްޝަކޮށް ކޯޓުތަކާއި  ރަށްޔިތުންގެ މަޖީހުގެ މެންބަރުންނާއި ޕޮލިހުނާއި ސިފައިން ބުރަ މަސައްކަތްތަކެއްކުރަންޖޭނެއެވެ.
މުޖުތަމަޢުގައި އަމާންކަން ގާއިމުކުރުމަށްޓަކައި ޕޮލިހުންގެ ދައުރު ވަރަށްވެސް މުހިންމެވެ. މުޖުތަމަޢުގައި ހިނގާ ލާއިންސާނީ ޖަރީމާތަށް ހުއްޓުވުމުގައި ފާރަވެރިކަމާއި އެކު މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.  އަދި ކިއެއްތަ މިފަދަ ޖަރީމަތަށް ހިންގާފަރާތްތަށް ހޯދާ ހައްޔަރުކޮށް ޝަރީއަތުގެ ކުރިމަށްޗަށް ގެންދިއުމަކީ މަޖުބޫރުކަމެކެވެ. އަދި ހަމަ އެހެންމެ މިކަމަކީވެސް ޕޮލިހުން އެކަނި މަސައްކަތް ކޮށްގެން ހުއްޓުވޭނެކަންކަމެއް ނޫނެވެ. އެހެނީ މިފަދަކަންތަށް ތައް ހުއްޓުވުމަށްޓަކައި އެފަދަ ޖަރީމާތަށް ހިންގާފަރާތްތަށްޝަރީއަތުގެ ކުރިމައްޗަށް ގެންދިއުމަށްޓަކައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ.

މުޖުތަމަޢުން އިވޭ އަޑުތަކަށް ބަލާއިރު އެފަދަ ލާއިންސާނީ އަމަލުތަށް ހުއްޓުވާ  އަމާންކަން  ގާއިމުކުރުމަށްޓަކައި ކޯޓުތަކުންވެސް އެންމެ އެދެވޭ ގޮތަކަށް މަސައްކަތްކުރެވޭތަނެއް ނުފެނެއެވެ. ވައްކަން ކުރުމާއި މާރާމާރީގެ މައްސަލަތަކާއި މީހުންމެރުމާއި މަސްތުވާތަކެތީގެ މައްސަލަތަށް ނުބެލި ހުކުމް ނުކުރެވި ގިނަދުވަސްތަށް އަންނަނީވަމުންނެވެ. އެމީހުންތަށްވަނީ މަގުމައްޗަށް ދޫކޮށްލެވިފައެވެ. އޭގެ ނަތީޖައަކީ އެކުއްވެރިންގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ގެއްލޭފަދަ ޖަރީމާތަށް އިތުރަށް އާންމުވެ ތަކުރާރުވެގެންދިއުމެވެ.

މުޖުތަމަޢުގައި އަމާންކަން ގާއިމުކުރުމަށްޓަކައި ކުއްވެރިން މަގުމައްޗަށް ދޫކޮށްނުލާ ޙައްޤުއަދަބުތަށް ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަން ޔަގީނެވެ. މުޖުތަމައުއަށް އެންމެ ކުށްވެރިއެއް ދޫކޮށްލުމަކީ އޭގެ ބިރުވެރިކަން އިންތިހާއަށް ބޮޑު ކަމެކެވެ. އެހެނީ  އެފަދަ އެންމެ ކުށްވެރިއެއްގެ ސަބަބުން   އެފަދަ އެތަކެއް ކުށްވެރިންނެއް އުފެދި އަނިޔާވެރިކަމުގެ މޫތަށް ވަރުގަދަވެއެވެ. އަދި އިޖުތިމާޢީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން  އަގު ނުކުރެވެފަދަ ބޮޑެތި ގެއްލުންތަށް އަންނަނީ ކުރިމަތި ވަމުންނެވެ.

މުޖުތަމަޢުގައި ކުއްކުރާފަރާތްތަށް ދޫކޮށްލުމުގެ ކުށް ހަމައެކަނި ކޯޓުތަކުގެ ގާޒީންގެ ބޮލުގައި އަޅުވާފަ އަޅުގަނޑުމެންގެ ޒިންމާ ނިމުނީކަމަށް ބެލޭނެ ޖާގައެއްވެސްނެތެވެ. އެހެނީ މިފަދަ މައްސަލަތަކުގައި ކޯޓުތަކަށް ކޮންމެ މައްސަލައެއްގައިވެސް ހެކި ބަސްދޭނެ ފަރާތްތަކެއް ބޭނުންވާނެއެވެ. މިފަދަ މައްސަލަތަކުގައި ހެކިންގެ ގޮތުގައި ގެނެވޭ ފަރާތްތަކުން ބިރުވެރިކަމެއް ނެތި ކޯޓުގައި ހެކިބަސް ދޭންޖެހެއެވެ.

 މަޖުލީސް އިންތިހާބުވެގެން ދެއަހަރުވާއިރުވެސް މަޖުލީހަށްލެވިފައިވާ ހެއްކާއި ބެހޭ ގާނޫނު އަދިވެސް ވަނީ ނުނިމިއެވެ. މުޖުތަމައުގެ އަމާންކަން ގެއްލޭފަދަ ބޮޑެތި ޖަރީމާތަށް ހުއްޓުވަން ރަށްޔިތުންގެ މަޖުލީހުންކުރެވެން ހުރި މިފަދަ މުހިންމުކަންކަން ނުނިމިވާކަންމީ ހިތާމަކުރަންޖެހޭކަމެކެވެ. އަދި ހަމައެހެންމެ ރާއްޖެ މިއޮތް ހާލަތުން ހެކިބަސްދޭ މީހާ ރަށްކާތެރިކޮށް ހިމާޔަށްދޭނެ ފުރިހަމަ ނިޒާމެއް  ޤާއިމުކޮށްުދީ އިސްލާމީ ޝަރީއަތުގެ ނިޒާމް އެންމެ ފުރިހަމަޔަށް ގާއިމުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަކީ ސަރުކާރާއި ކޯޓުތަކާއި ރަށްޔިތުންގެ މަޖިލީހުން ކޮންމެހެން ކުރަންޖެހިފައިވާކެމެކެވެ. އަދި ސަރުކާރާއި މަޖިލީހާއާ ކަމާގުޅުންހުރި އެންމެހާފަރާތަކުން ގުޅިގެން މުޖުތަމަޢުގައި އަމާންކަންގާއިމުކުރުމަށްޓަކައި އިސްލާމީ ޝަރީއަތުގެ ނިޒާމް މިވަނީ ޤާއިމްކުރަންޖެހިފައެވެ.



މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com