ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ތެރެއިން ވެލާ ކަހަނބު


ހިކިފަސްގަނޑަށްވުރެ   ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފައް ރާއްޖެއަކީ ފަސްގަނޑުތިރި ގައުމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަކީ ކޮބާ؟

ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަކީ އޮސްޓްރޭލިއާގެ ކުއިންސްލޭންޑް ކައިރީގައި 2،600 ކިލޯމީޓަރަށް ފެތުރިފައި އޮންނަ ބޮޑުފަރެވެ.  ގްރީޓް ބެރިއާރ ރީފްގެ ނަމުން ނަންދެވިފައިވާ  ސަރަހައްދަކީ ދޮންވެލި ތުނޑިތަކާއި900 ރަށް ހިމެނޭ މޫދާއި ކަނޑުގެ ދިރުންތަކުން އެންމެ މުއްސަނދި ސަރަހައްދެވެ. އަދި މި ސަރަހައްދަކީ ވޯރލްޑް ހެރިޓޭޖް ސައިޓްތަކުގެ ތެރޭގައި ހަމަޖެހިފައިވާ ސަރަހައްދެކެވެ.     ނިއު ސެވަންވޮންޑާރސްގެ ތެރޭގައިވެސް މި ސަރަހައްދު ވަނީ ހިމެނިފައެވެ. ދުނިޔޭގައިވާ އެންމެ ބޮޑު މެރިން ރިސާރވްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގްރީޓް ބެރިއާރ ރީފް އަކީ އެންމެ ގިނަ ވައްތަރުގެ ގަލާ މުރަކަ ހިމެނޭ ސަރަހައްދެވެ.  އަދި ހަމަ އެހެންމެ އެހެނިހެން ދިރުންތައްވެސް އެންމެ

ބޯވާގެ އެންމެ ބޮޑަތިވާ ވައްތަރު

ބޯވާގެ ވައްތަރުތަކަށް ބަލާއިރު އެންމެ ބޮޑެތިވާ ވައްތަރުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޖަޔަންޓް ޕެސިފިކް އޮކްޓޮޕަސް ގެ ނަމުން ނަންދެވިފައިވާ ބޯވާއެވެ. މިބާވަތުގެ ބޯވާ އުޅެނީ ޕެސިފިކް އުތުރުގެ ސަރަހައްދުތަކުގެއެވެ. މިގޮތުން ކެލިފޯނިއާ އަދި އެލަސްކާގެ ސަރަހައްދުން މިބާވަތުގެ ބޯވާ ފެންނަކަން ފާހަގަކުރެވެއެވެ.
މިބާވަތުގެ ބޯވާއަކީ ބޯވާގެ ތެރޭގައި އެންމެ ބޮޑުވާ ވައްތަރުކަމަށް ރެކޯޑުތަކުން ދައްކާއިރު އެންމެ އުމުރު ދިގު ބޯވާއަކީވެސް މިބާވަތުގެ ބޯވާއެވެ. އާންމުކޮށް އުޅޭ ގިނަ ވައްތަރުތަކުގެ ބޯވާގެ އުމުރަކީ ގާތްގަނޑަކަށް ދެ އަހަރެވެ. އެހެންނަމަވެސް ޖަޔަންޓް އޮކްޓޮޕަސް ގެ އުމުރަކީ 3 ނުވަތަ 5 އަހަރެވެ.
ފައިތަކުގައި 30 ފޫޓު ހުންނަ ޖަޔަންޓް އޮކްޓޮޕަސް ފެނިފަައިވާއިރު އާންމުކޮށް ފެންނަ މިބާވަތުގެ ބޯވާގެ ފައެއްގައި ހުންނަނީ 14 ފޫޓެވެ. އާންމުކޮށް ފެންނަ މިބާވަތުގެ ބޯވާއެއްގެ ބަރުދަނަކީ 15 ކިލޯއެވެ.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com