ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުން



ނިޔާ/ޅޮހި
ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިންސާނާ އުފަންވުމައްފަހު ތަފާތު އެތައް މަރުހަލާއެއް ކަޑަތުކުރުމައްފަހު އިންސާނާ ދުނިޔެވީ ހަޔާތް ދޫކޮށް ދާންޖެހިދެއެވެ. ދުނިޔެއައް އުފަންވުމައްފަހު



 


ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިންސާނާ އުފަންވުމައްފަހު ތަފާތު އެތައް މަރުހަލާއެއް ކަޑަތުކުރުމައްފަހު އިންސާނާ ދުނިޔެވީ ހަޔާތް ދޫކޮށް ދާންޖެހިދެއެވެ. ދުނިޔެއައް އުފަންވުމައްފަހު އިންސާނާގެ ފުރަތަމަ މަރުހަލާ ހޭދަކުރަނީ އާރެއް ބާރެއްނެތް ކުޑަ ކުއްޖެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ މަރުހަލާގެ ކުރީކޮޅު ކުޑަ ކުއްޖާއައް އަނގައިން ބަހެއްވެސް ބޭރު ނުކުރެވެއެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ފުރިހަމަވެ ބޮޑުވަމުން ދެއެވެ.
ކޮންމެ ކުޑަކުއްޖަކުވެސް ބޮޑުވަމުން އަންނަ މަރުހަލާގައި ތަފާތު ކަންތައްތަކެއް ތަޖުރިބާކޮށް ކޮޕީކުރެއެވެ. ބޮޑެތި މީހުން ކުރާ ކަންތައްތައް ކުރަން އެކުދިން ބޭނުންވެއެވެ. ކުޑަކުދިން އެކުދީން ބޭނުންވާ ކޮންމެ ކަމެއް ކުރުމައްޓަކައި އެކުދިންގެ މައިންގެ ގާތު ރޮއި އާދޭސްކުރެއެވެ. އަދި އެކުދިންގެ ރުއިމާ އާދޭސްތަކުގެ އަޑު އެހުމަކީ ބައެއްފަހަރު މައިންބަފައިންނައް ފަސޭހަކަމަކަށް ނުވެއެވެ. ނަމަވެސް އެދަރިފުޅު ކަމަކު އެދޭހިނދު ލޯބިން އެ ދަރިން ބުނާހާ ކަމެއް އެއީ ކިހާވަރެއްގެ ކަމެއްކަން ބެލުމެއްނެތި ކޮށްދޭން މައިންނާއި ބަފައިން ވަރަށްވެސް ގިނައެވެ. އެ މައިން ބަފައިން ތުއްތު ދަރިފުޅައް ހެޔޮނުބައި ނުވިސްނޭހާލު އެދޭކޮންމެ ކަމެއް ލޯބިން ކޮށްދޭއިރު ފަހުން ނިކުމެދާނެ ނަތީޖާޔަކާ މެދު ކުޑަކޮށްވެސް ވިސްނާ ނުލާ އެފަދަ ކަންތައް ކޮށްދެމުން އާދެޔެވެ. އާދެ އޭގެ ނަތީޖާޔަކީ އޭގެތެރޭން ބައެއްކަންކަމުގެ ސަބަބުން އެތުއްތު ކުއްޖާ ބޮޑުވަމުން އަންނަ މަރުހަލާގައި އިސްލާމީ އާދަކާދަޔާ އަހްލާގިއްޔާތާއި ދުރުކަންކަމައް ސައުގުވެރިވެ އިސްލާމީ އުސޫލުތަކާއި ފަރުވާކުޑަކުރުމެވެ. މިސާލަކަށް މަންމަ ދަރިފުޅު ގާތު ނަމާދު ވަގުތު ޖެހުމުން ފިލްމު ބެލުން ހުއްޓާލާފަ ނަމާދު ކުރަން ބުނުމުން އެ ދަރިފުޅު މަންމަ ގާތު ފިލްމް ނިމުނީމާ ދާނަމޭ ބުނުމުން މަންމަ އާއެކޭ ބުނެ ފިލްމް ނިމެންދެން ބޭންދުންފަދަ ކަންތައްތަކެވެ.
އިންސާނާ ދުނިޔެއައް އަންނަނީ މައުސޫމު ހާލުގައި ތުއްތު ކުއްޖެއްގޮތުގައެވެ. އާރެއްބާރެއްނެތް އެ ތުއްތު ކުއްޖާ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އާދެޔެވެ. ބޮޑުވުމުގެ މަރުހަލާޔަކީ އެކުއްޖާޔައް އިސްލާމީ ތަރުބިއްޔަތުދީ ދީނައް ހާނުވަންޖެހޭ މަރުހަލާއެވެ. ކުޑަކުއްޖެއްގޮތުގައިވާ ހާލު އެދަރިފުޅައް ފުރިހަމަ ތަރުބިއްޔަތ ނުދެވިއްޖެ ނަމަ ފަހުން އެދަރިފުޅުގެ ސަބަބުން މައިން ބަފއިން ހިތާމަކުރަންޖެހުމަކީ މަދުފަހަރަކު ނޫނީ ނުވެ ނުދާނޭ ކަމެކެވެ. ކޮންމެ މީހަކުވެސް ދަރިފުޅު ދެކެ ހަގީގީ ލޯބިވާނަމަ އެދަރިފުޅު ބުނާހާކަމެއް ނުކޮށްދޭށެވެ. ދަރިފުޅު ކޮންމެ ކަމަކު އެދުނުކަމުގައިވިޔަސް އެކަމެއް ކުރުމުގެ ކުރިން އެކަމަކީ ރަނގަޅު ގޮތެއްތޯ ބަލާ ގޯސްކަމަކަށްވާނަމަ އެފަދަ ކަމެއް ކޮށްދީގެން ނުވާނެއެވެ. ނަމަވެސް ބައެއް މައިންބަފައިން ކުޑަދަރިފުޅު ރުއްސަން އެފަދަ ކަންތައް ކޮށްދޭކަމީ ހިތާމަހުރިކަމެކެވެ. އެހެނީ އޭގެ ސަބަބުން އެ މައިން ބަފއިންގެ ލޮލުގެ ނޫރުކަމުގައިވާ ކުޑަ ދަރިފުޅު ހަލާކުވެދާ މަންޒަރު ދަނީ ފެންނަމުންނެވެ.
މައިންބަފައިން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކު އަމަލުކޮށްގެން ނޫނީ ކާމިޔާބު ނުވާނެއެވެ. ކުޑަކުޑަ ކުއްޖާ ރަނގަޅު ތަރުބިއްޔަތެއް ނެތި ބޮޑުވެއްޖެނަމަ އެކުއްޖަކު ރަނގަޅު ހަރުދަނާ މީހަކަށް ހެދެމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެނީ ރަނގަޅު ތަރުބިއްޔަތެއްނެތި ބޮޑުވާ ކުއްޖަ އެއުމުރަށް އަންނައިރު ހުންނާނީ ވަކި ގޮތަކަށް ބައްޓަންވެ ނިމިފައެވެ.ރަނގަޅުގޮތާއި މެދު ވިސްނަން އެފަދަކުދިން ބޭނުންނުވާނެއެވެ. ނަމަވެސް ކުއްޖާގެ ޅައުމުރުގައި ރަނގަޅު ތަރުބިއްޔަތެއްދީ އިސްލާމީ އަޙްލާގު ދަސްކޮށްދެވިއްޖެ ނަމަ ނުރަނގަޅު އާދަތަކަކީ ކޮބައިކަން އެކުއްޖަކަށް ގަބޫލުކުރަން ފަސޭހަވެދެއެވެ. އަދި އެކުއްޖާ ނުބައި މަގަކަށް އެޅުމަކީ ނާދިރުކަމެކެވެ.
ޅައުމުރުގައި ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވިއްޖެނަމަ އެކަމުގެ ހިތާމަ މައިންބަފައިން ކުރަންޖެހެޔެވެ. އަދި ކިއެއްތަ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ފޯރައެވެ. އެކުދިން ހަމައެއްލަމައެއް ނެތި މީހުނަށް އުނދަގޫކޮށް ޑްރަގުގެ ވަބާގައި ޖެހިދާމަންޒަރުވެސް ދަނީ ފެންނަމުންނެވެ. އަދި އޭގެ ނަތީޖާއަކީ އެކުދިންގެ ފަރާތުން އުފެދޭ ދަރިފަސްކޮޅަކީ މުޖުތަމައުއަށް ނުރަށްކާ މުޖުތަމައު ހިތާމަކުަރަންޖެހޭފަދަބަޔަކަށް ވުމެވެ. ކޮންމެ ކުއްޖަކުވެސް ޅައުމުރުގައި ވަކި ގޮތަކަށް ހާނުވާލުމަކީ ނުހަނު ފަސޭހަކަމެކެވެ. ކުއްޖާއަކީ އަޙްލާގު ރަނގަޅުކުއްޖަކަށް ހެދުމަށްޓަކައި ބޮޑުވަމުން އަންނަ މަރުހަލާގައި އިސްލާމްދީނުގެ އަޙްލާގިއްޔާތު އަށަގެންނެވުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. އަދި ދީނާ ހިލާފް ކޮންމެ ކަމެއް ރަނގަޅަށް އޮޅުންފިލުވައިދީ އެކަންކަމުގެ ހުރި ނުބައިކަން ރަނގަޅަށް ބަޔާންކޮށްދޭންވާނެއެވެ.
.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com