ދިވެހިރާއްޖޭގައި މީޑިއާ ހައްދުފަހަނައަޅާ ގޮސް އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހި

ނިޔާ/ޅޮހި،  ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްގެކެވެ. ކޮންމެ އިންސާނަކަށްވެސް އިންސާނީ ޙައްޤެއްގޮތުގައި ލިބިދޭންޖެހޭ މުހިންމު ޙައްޤެކެވެ. އެހެންކަމަށްވާއިރު އެ ޙައްޤަކީ ތަފާތުކުރުމެއްނެތި
ކޮންމެ މީހަކަށްވެސް ހަމަހަމަ ގޮތެއްގައިިބެންޖެހޭ ޙައްޤެކެވެ. އަދި އެޙައްޤަކީ އިންސާނީ ޙައްޤަކަށްވާއިރު އެމީހެއްގެ ސިޔާސީ ފިކުރެއްގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ހުރަސް އެޅިގެންނުވާނެވެ.
އަދި މުޖުތަމަޢުގައި ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ހިޔާލުފާޅުކޮށް އެމީހަކު ދެކޭގޮތް ހާމަކުރުމަކީ އެގޮތުން ކޮންމެ އިންސާނަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ. އަދި އެހިޔާލާ އިދިކޮޅު މީހާޔައްވެސް އިދިކޮޅު ހިޔާލު ފާޅުކޮށް އެމީހާގެ ވިސްނުން އެހެން މީހުނަށް އަންގައިދީ ހާމަކޮށް ދިނުމަކީވެސް އިންސާނީ ހައްޤެކެވެ. އެހެންނަމަވެސް ކޮންމެކަމެއްވެސް ރަނގަޅުގޮތުގައި ކުރުމަށްޓަކައި ހައްދެއް އޮންނަންޖެހޭނެއެވެ. އިންސާނީ މުޖުތަމަޢު ގަބޫލުކުރާ ރިވެތި އުސޫލުތަކަކާއި މިންގަޑުތަކެއް އޮންނަންޖެހޭނެއެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމުން ދިރިއުޅޭ ގައުމަކަށްވެފައި ދިވެހިރާއްޖޭގެ ދުސްތޫރޫގައި "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުސޫލުތަކުގެ މައްޗައް ބިނާކުރެވިފައިވާ " ދައުލަތެއްކަމުގައި ބަޔާންކުރެވިފައިވާ ހިނދު ހިސްލާމްދީނުގައި ހުއްދަ ނޫންގޮތަކަށް އެޙައްޤުގެ ބޭނުންކުރުމަކީ ދިވެހި ދުސްތޫރާއި ހިލާފްކަމެކެވެ.ދިވެހިރާއްޖެއަކީ އިސްލާމީ ގައުމުތަކުގެ ތެރޭން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ދެވިފައިވާ އެއްގައުމެވެ. އެހެންނަމަވެސް ދިވެހިން މިޙައްޤުގެ ބޭނުންކުރަމުން އަންނަނީ އެންމެ އެދެވޭ ގޮތެއްގައި ނޫންކަންފާހަގަކުރެވެއެވެ. އަދި ކިއެއްތަ ދިވެހި ބައެއް ޓީވީ ޗެނަލްތަކާއި ނޫސްތަކުން ނޫސްވެރިމުގެ މިނިވަންކަމޭ ބުނެ ކުރަމުންއަންނަ ގިނަކަންތައްތަކަކީ ދިވެރާއްޖޭގެ ދުސްތޫރުގެ ރޫހާއި ހިލާފްކަންތައްތަކެވެ. ބައެއް ޗެނަލްތަކަކީ ވަކިބަޔަކާއި ދެކޮޅަށް ދޮގުވާހަކަ ފަތުރާ މީހުން ފަޞީިހަތްކުރަންހަދާފައިވާ މީޑިއާތަކެއްފަދައެވެ. އަދި ހަމައެހެންމެ ސަރުކާރު ބޭޒާރުކޮށް ވަޒީރުންނާއި މަޖިލީސް މެންބަރުންނާއި ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަ ފަތުރަންހަދާފައިވާ މީޑިޔާތައްފަދައެވެ. ހަބަރުގެނެސްދޭ ބައެއް ވެބްސައިޓްތަކަކީ ވަކި ބަޔެއްގެ އަގުވައްޓާލާ މަލާމާތްކޮށް ރާއްޖޭގެ ދިނީ އިލްމުވެރިންނަށް ފުރައްސާރަކުރާ ވެބްސައިޓްތަކެވެ. ދިނީ އިލްމުވެރިންނާއި ތަފާތު ސިޔާސި ފަރާތްތަކަށް މަލާމާތްކޮށް ކާރޓޫންކުރަހާ މީހުންގެ ސިފަތަށް ނުބައި ގޮތްގޮތަށް ބަދަލުކޮށްފައިވާ ފޮޓޯތަށްވެސް ވަރަށް ގިނައިން މިފަދަ ވެބްސައިޓްތަކުގައި ހުރެއެވެ. މިއަދު ދިވެހި ނޫސްވެރިކަން މިވަނީ ހައްދުފަހަނައަޅާާފައޭ ބުނުމަކުން ދޮގަކަށް ނުވާނޭކަން ޔަގީނެވެ. މީހަކާއި ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކައެއް ޓީވީ ޗެނަލްއަކުން ދެއްކުމުން އެމީހަކު އެކަމާއި ސަކުވާކުރުމުން އެއީ މީޑިއާއަށް ފާޑުކިއާ މިނިވަން މީޑިއާ ނައްތާލުމަށް މަސައްކަތްކުރާ މީހެކޭ ބުނެވޭނެ ފުރުސަތެއްނޯންނާއެވެ. އަދި އިސްލާމީ ސަރިއަތުގައި ކުށެއް ސާބިތުނުވާހާ ހިނދަކުއެއީ ކުއްވެރިއަކަށް ނުވާނެއެވެ. އެހެންކަމުން ހަމަ ހަބަރެއް ލިބޭއިރަށް ކަމުގެ ދެކޮޅުނުބަލާ އަދި އެއީ ސާބިތުވެފައި ނުވާކަމަކަށްވާއިރު އެހަބަރެއްކިއުމަކީ މީހެއްގެ ޙައްޤައްއަރައިގަތުން ކަމުގައި ނުނީ ނުވާނޭކަންޔަގީނެވެ. ހަމައެހެންމެ އެއީ އެމީހެއްގެ އަބުރާބެހުމެވެ. ކޮންމެ މީހަކީވެސް ޙައްޤުތަކެއްވާ މީހެކެވެ. އެއްވެސް މީހެއްގެ އަބުރާ އިއްޒަތައް ގެއްލުންވާނޭފަދަ އެއްވެސް ކަމެއް އެއްވެސް މީޑިޔާއަކުން އަދި އެއްވެސް މީހަކު ކުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ހައްދުފަހަނައަޅާއި ދިއުމެވެ. އިސްލާމްދީނުގައި ކޮންމެ އިންސާނެއްގެވެސް އަބުރާ އިއްޒަތްވަނީ ހުރުމަތްތެރިވެގެންނެވެ. އަދި އިންސާނުންގެ އަބުރާއި އިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމަށް ކޮންމެ ކަމެއްގައިވެސް ރިވެތި އުސޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ނަމަވެސް މިކުޑަކުޑަ ރާއްޖޭގައިވެސް ނުސްވެރިކަމާއި ހިޔާލުފާޅުލުރުމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރައް އަރައިގަނެ ސަބިތުނުހިފޭ އެތަކެއްކަމެއް ބޮލުއަޅުވާ ބޭޒާރުކުރުންމިވަނީ އާންމުވެފައެެވެ. އެހެންކަމުން ގިނަ ބަޔަކަށް އިޖްތިމާޢީ ގޮތުންނާއި އިޤްްތިސާދީ ގޮތުން އަންނަނީ ގިނަގުނަ ގެއްލުންތަކެއް ވަމުންނެވެ. އަދި ނަފްސާނީ ގޮތުންވެސް ބައެއްމީހުންނަށް ނެދެވޭއަސަރުތަށް ދަނީކުރިމަތިވަމުންނެވެ. މުޖުތަމަޢު ބައިބައިވެ އިޖްތިމާޢީ ބަލިމަޑުކަން ދުވަހަކަށްވުރެ ދުވަހެއްގަ އަންނީ ބޮޑުވަމުންނެވެ. މީހުންނާއި ބެހޭގޮތުން އެފަދަ ވާހަކަތަށް ދެއްކުމަކީ ތިމާމެންގެ ޙައްޤެކޭ ބުނާއިރު ހަމައެއްވެސް އެއްޗެއް ހިތަށް ނާރަނީބާއެވެ. މީހުންގެ ހައްޤުތަކަށް އަރައިގަނެ މީހުންނަށް ގެއްލުންތައް ދިނުމަކީ ހަމަ އެމީހުންނަށް ލިބިގެންވާ ޙައްގެއްތޯއެވެ. ހަމަޔަގީނުންވެސް މީހުންނަށް އަނިޔާވެރިވެ މީހުން ބޭޒާރުކުރުމަކީ އެއްވެސް ޓީވީ ޗެނަލްއަކަށްވެސް އަދި މީޑިއާގެ އެއްވެސް ފަރާތަކަށް ލިބިގެންވާ ޙައްގެއް ނޫނެވެ. އެއީ އެބައި މީހުން ހައްދަފަހަނައަޅާފައިވާ ކަމުގެ ސާފުހެއްކެކެވެ. އެހެނީ ބަޔެއްގެ ޙައްޤަކަށް އަރައިގަނެ ބަޔަކު ބޭޒާރުކުރުމަކީ މީޑިއާގެ ޙައްޤެއްކަމަށް ބުނުމަކީ ހަމަ ހައްދުފަހަނައަޅާ ދިއުންކަމުގައި ނޫނީ ނުވާނެއެވެ. ދިވެހިރާއްޖޭގައި ނޫސްވެރިކަމުގައި ބައެއް މިޑިއާތަކުން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއީ އެފަރާތްތަކަށް ލިބިފައިވާ ޙައްޤެއްކަމަށާާއި އެމީހުން މީޑިއާކުރިއަށްދަނީ އެހައްޤުތަކުތެރޭންނޭ ބުނުމުން ހަމަހައިރާންވެއެވެ. މީހުންގެ ވާހަކަދަށްކާ މީހުނާ މެދުގައި ސާބިތު ނުހިފޭ ވާހަކަތަށް ދެއްކުމުގެ ޙައްޤު ދިވެހިރާއްޖޭގެ ދުސްތޫރުން ލިބިދީފައިވޭބާއެވެ. ޝައްކެއްނެތެވެ. އެހައްޤުއެއްވެސް މީޑިއާއަކަށް ލިބިގެންނުވެއެވެ. ދިވެހި ރާއްޖޭގެ ޤާނޫންގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން(ބާބު-2) ގައި ގާނޫންގެ 16 ވަނަ މާއްދާ ހައްޤުތަށް ކަށަވަރުކޮށްދިނުން ގެ ބައިގެ (ހ)ގައި ވަނީ މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި ހަމަ މިގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫންގެ މަޞްދަރެކެވެ. އެހެންކަމުން އިސްލާމީ ޝަރީޢާތާއި ހިލާފްކޮންމެ ކަމަކީ ދިވެހި ޤާނޫނާއި ހިލާފުކަމެކެވެ. ހަމަ އެމާއްދާގެ (ށ)ގައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ. ހަމައެހެންމެ ޤާނޫނުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ (27)މާއްދާގައިވެސް ވަނީ އިސްލާމްދީނުގެ އަސްލަކާއި ހިލާފްނުވާ ގޮތުގެ މަތީން ހިޔާލުފާލުކުރުމުގެ މިނިވަންކަނލިބިގެންވާކަމަށެވެ. މީ އެމީޑިއާތަކުން ދައުވާކުރާ ނުސްވެރިކަމުގެ ހައްގުތަށް ދިން ގާނޫނުގައި އެބައިމީހުން އެބުނާ ނޫސްވެރިކަމުގު ޙައްޤުތައް ދެވޭނެ އުސޫލެވެ. މީހުންނާއި ބެހޭގޮތުން ދޮގުވާހަކަ ފެތުރުމާއި ސާބިތުނުހިފޭ ވާހަކަތަށް ފެތުރުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފް އަދި އިސްލާމްދީނުގައި ހަރާމްކުރަށްވާފައިވާ ނުބައިފާފަތަކެވެ. އެހެންކަމުން އެފަރާތްތަކުން އެދައުވާކުރާ ގޮތަށް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފަން ޤާނޫން ހުއްދަކުރެއޭ ،އެއީ އެމީހުންނަށް ޤާނޫނުން ލިބިދީފައިވާ ޚައްޤެކޭ ބުނެވޭނޭ ފުރުސަތެއްނެތެވެ. މިއަދު ގައުމުގެ މީޑިއާތަކުން ނުސްވެރިކަމުގައި ހައްދުފަހަނައަޅާ މީހުންގެ ޒާތީ ދިރިއުޅުމަށް ވަދެ މީސްމީހުންގެ ޒަތީ ދިރިއުޅުމުގެ ހުރުމަތްކެނޑޭފަދަ ދޮގުވާހަކަތަށް ފަތުރަނީ ހަމައެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭން ކުރާކަންތައްކަމަށާއި ހަމަ އެމީހުންނަށް އެޤާނޫނުން ލިބިދީފައިވާ ޙައްޤެއްކަމަށް ބުނަމުންނެވެ. އެހެންނަމަވެސް އެބުނާ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ޤާނޫނުގައި ހަމަ އެޙަައްޤުު ލިބިދިން ބާބުގައި 24 ވަނަ މާއްދާ(ޒާތީ ދިރިއުޅުން) މިބައިގައި ވަނީ ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި ،ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަންމާއި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ،އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ. މީ ޤާނުނުގައި ބަޔާންކުރެވިފައިވާ ގޮތްކަމުަގައި ވީނަމަވެސް މީޑިއާއިން ޒާތީ ދިރިއުޅުމާއި ޢާއިލީ ދިރިއުޅުމާއި ގޮވަތި ގެދޮރާއި އަނެކުންނަށްކުރާ ޒާތީ މުއާމަލާތުތަކާއި ބެހި ނޫސްވެރިކަމުގެ ނަމުގައި ހައްދުފަހަނައަޅާދަނީއެވެ. އަދި އެއީ އިސްލާމްދީނާއި ހިލާފުކަމެކެވެ. އެހެންކަމުން ޤާނޫނުގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމަޔަށް ލިބިދީފައިވާއިރު ޙައްޤުތަށްކަށަވަރުކުރުމުގެ ބާބު ފެށުމުގައި އަދި 24 ވަނަ މާއްދާ، 27 ވަނަ މާއްދާ، އަދި 2 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާ ހިލާފްނުވާނޭގޮތަށް ދިވެހި މީޑިއާބައްޓަންކުރުމަކީ މިއަދު ކޮންމެހެން ކުަރަންޖެހިފައިވާކަމެކެވެ. މީ އިސްލާމީ ދައުލަތެކެވެ. އިސްލާމުން ދިރިއުޅޭ ރާއްޖެއެކެވެ. އިސްލާމްދީނާއި ހިލާފަށް އެއްވެސްކަމެއްކުރުމަކީ ހަމަ ދިވެހި ޤާނޫނާއިވެސް ހިލާފުކަމެއްކަންޔަގީނެވެ.



މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com