ޅޮހީގެ މަސްވެރިން

ނިޔާ/ޅޮހި


ޒަމާނުންސުރެވެސް ނ.ޅޮއްސަކީ މަސްވެރި ރަށެކެވެ. ހީވާގި މަސްވެރިން ދިރިއުޅޭ މަސްވެރި ރަށެކެވެ. އަދި ތާރީހައް ބަލާއިރުވެސް ޅޮހީގެ މަސްވެރިންނަކީ ހުރިހާ ވައްތަރެއްގެ މަސްވެރިކަންވެސް ކޮށްފައިވާ ބައެކެވެ. އޭގެތެރޭގައި މިޔަރުހިފުމާއި، ކަނޑުމަހުގެ މަސްވެރިކަމާއި،ފަރުމަހުގެ މަސްވެރިކަމާއި، އިހިވެރިކަމާއި، ކަހަނބު ހިފުމާއި ހުއިފިލަނޑާނެގުން ހިމެނެއެވެ. އަދި ޒަމާނައްއައި ބަދަލުތަކާއި
ކުރިއެރުމާއި އެކު ކަންނެލީގެ މަސްވެރިކަން ތައާރަފްވެ ކަނޑުމަހުގެ މަސްވެރިކަން ކުރާފަރާތްތައް ވަނީ މަދުވެފައެވެ.


މަސްވެރިކަމާއި، އިހިވެރިކަމާއި، ކަހަނބު ހިފުމާއި ހުއިފިލަނޑާނެގުން ހިމެނެއެވެ. އަދި ޒަމާނައްއައި ބަދަލުތަކާއި
ކުރިއެރުމާއި އެކު ކަންނެލީގެ މަސްވެރިކަން ތައާރަފްވެ ކަނޑުމަހުގެ މަސްވެރިކަން ކުރާފަރާތްތައް ވަނީ މަދުވެފައެވެ.
މިޔަރު ހިފުމަކީ ޅޮހީގެ މަސްވެރިން މީގެ އެތައް އަހަރެެއް ކުރިން ކޮށްފައިވާ ކަމެކެވެ. ޅޮހީގެ މަސްވެރިން މިޔަރުގެ މަސްވެރިކަން ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައިވާކަން ފާހަނގަ ކުރެވެއެވެ. އިންޖީނު އެޅި ދޯނިތައް ތާރަފްވުމުގެ ކުރިން ރިޔަލާއި ފަލީގައިވެސް މިޔަރުގެ މަސްވެރިކަން ވަރަށް ފުޅާކޮށް ޅޮހިގެ ރައްޔިތުން ކޮށްފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ ލޭނު އަޅައިގެން، އަދި ދާ އަޅައިގެން މިޔަރު ހިފުންވަނީ ހުއްޓިފައެވެ. މިޔަރު ހިފައިގެން މިޔަރު އުރަހަޔާ، އަދި މިޔަރު މަހުގައި ލޮނު އަޅައި ހިއްކައިގެން ފައިސާ ހޯދަމުން ދިޔަ ޅޮހީގެ މަސްވެރިންނަކީ ހީވާގި ކެރޭ ބައެކެވެ އަދި ފުދިގެން އާއިލާޔާ އެކު އުފަލުގައި އުޅެމުންއައި ބަޔެކެވެ. ނަމަވެސް މަސައްކަތުގެ ބުރަކަމާއި އަގު ދައްވުމާއި މިޔަރުގެ މަސްވެރިކަން ދައްވަމުން ދިއުމުގެ ސަބަބުން މިޔަރުގެ މަސްވެރިކަން ހުއްޓިގެން ދިޔައެވެ.
އިހިވެރިކަމާއި ހުއިފިލަނޑާ ނެގުމަކީވެސް އަތޮޅު ފެންވަރުގައިވެސް ޅޮހީ ރައްޔިތުން ކޮށްފައިވާ ކަމެކެވެ. އަދި ޅޮހީގެ ވަށައިގެންވާ ފަރަކީ އަތޮޅުގައިވެސް އޮތް އިހި،ކަނޑުކަކުނި ފަދަ ތަކެތި އެންމެ ގިނަ އެއްފަރެވެ. އަދި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. ވޭތިވެ ގޮސްފައިވާ ދިގު ތާރީހައް ބަލާއިރު ޅޮހީ މީހުންނަކީ އިހި ކައި އުޅުނު ބައެއް ނޫނެވެ. އަދި އެފަދަ ތަކެތި ކެއުމަކީ ޅޮހި ރައްޔިތުން ގަބޫލުކުރާ ކަމެއްވެސް ނޫނެވެ. ނަމަވެސް އެ ދުވަސްތައް ފަހަނަ އަޅައި ގޮސް ޅޮހީ މީހުންގެ އެވިސްނުން ބަދަލުވެ ކެއުމަށްޓަކައި އިހިމަސް ބޭނުން ކުރަންފެށިއެވެ. އިހި މަސް ކެއުމަކީ ޅޮހީ މީހުން ބިރު ގަންނަ ކަމެއް ގޮތުގައި އޮތުމައްފަހު އެކަން ބަދަލުވެގެން ދިޔައީ ޅޮއްސައް އައި ލ.އަތޮޅު މާވަށު މީހެއްގެ ފަރާތުންނެވެ. އަދި އިހިވެރިކަން ޅޮހީގައި ފެށި އެމަސައްކަތުން ވެސް ޅޮހީގެ މަސްވެރިން ފައިސާ ހޯދަމުން ދިޔައެވެ. އިހިވެރިކަން ޅޮހީ ރައްޔިތުން ކުރުންވެސް ހުއްޓުނެވެ.
މިހާރު ދިވެހި ފަރުތަކުގައި މަދުވަމުން އަންނަ ބާވަތެއް ކަމައްވާ ވެލާ ކަހަނބުގެ ބާވަތްތައް ހިފުމަކީވެސް ޅޮހީގެ މަސްވެރިން މާޒީގައި ވަރަށް ފުޅާކޮށް ކަޮށްފައިވާ ކަމެކެވެ. ކަހަނބުފަތް ވިއްކައިގެން އަދި ކަހަނބު ތެޔޮ ހަދައިގެން އާމްދަނީ ހޯދަމުން ގޮސްފައި ވެއެވެ. އަދި ވެލާ ކަހަނބު ހިފަން ބޮޑު ތިލަދުން މައްޗައްވެސް ދަތުރުކޮށްފައިވެއެވެ. ޅޮހީގެ ހީވާގި މަސްވެރިން ވެލާ ކަހަނބު ހިފުމައް ދިގު ދަތުރުކޮށްފައި ވަނީ ރިޔަލު ދޯނީގައެވެ.
ކަނޑުމަހުގެ މަސްވެރިކަމަކީ ޅޮހި ގެ މަސްވެރިން އެންމެ ފުޅާކޮށް ކުރަމުން އައި މަސްވެރިކަމެވެ. އެންމެ ކުރީ ޒަމާނުގައިވެސް ރިޔަލު ދޯނީގައި ކަނޑަވަޅިއައް ނުކުމެ ޅޮހީގެ ހީވާގި މަސްވެރިން މަސްވެރިކަން ކުރަމުން އައިސްފައިވެއެވެ. އަދި ނ. އަތޮޅޮ ފަހަނައަޅާ އެހެން އަތޮޅުތަކަށް ގޮސް މަސްވެރިކަން ކުރަމުން އައިސްފައިވެއެވެ. ޒަމާނުއްސުރެ ކުރަމުން އައި ޅޮހިގެ މަސްވެރިކަން ކުރުމައް ބޭނުންކުރި ދޯނިތައް އިންޖީނު އެޅި ދޯނިތަކަށް ބަދަލުވެގެން ދިއުން ވެގެން ދިޔައީ ޅޮހީގެ މަސްވެރިންނައް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އާދެ އެއީ ޅޮހީ ނޫވިލާގޭ އަލްމަރުހޫމް ޔޫސުފް ގެ ގޯދާވަރި އޭކިޔުނު ދޯނީގައި އިންޖީނު އެޅުމުންނެވެ.އަދި އެއީ ނ.އަތޮޅުގައި އެންމެފުރަތަމަ އިންޖީނު އެޅި ދޯންޏެވެ. ކަނޑުމަހުގެ މަސްވެރިކަން އައީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންނެވެ. މި ގޮތުން މަސްވެރިކަންއ ކުރާ އާލަތްތައް ބަދަލުވެ އޮޑި ދޯނިފަހަރު ބަދަލުވެ ބޮޑުވަމުން ދިޔައެވެ. އަދި ދުވެލި ބާރުވެ މިސްރާބު ހޯދުމައް ބޭނުންކުރާނެ ތަކެތި ތާރަފްވެ އެތަކެތި ބޭނުން ކުރަންފެށުނެވެ. އޭގެ ތެރޭގައި ޖީޕީ އެސް،ސަމުގާ ހިމެނެއެވެ.
ދުނިޔެއައް އަންނަ ތަރައްގީއާ އެކު ރާއްޖޭގެ މަސްވެރިކަންވެސް ތަރަށްގީވެ ކުރިއަރަމުން އަންނަފެށިއެވެ. އަދި ޅޮހީގަވެސް ޒަމާނީ ބަދަލުތަކާއި އެކު ބޮޑަތި ދޯނިތައް ބަނދެވި ބޭނުން ކުރަންފެށުނެވެ. އޭގޮތުން ި އެންމެ ފުރަތަމަ ނ.އަތޮޅުގައި ޒަމާނީ ގޮތައް ބަނދެވުނީ ޅޮހީ ނޫވިލާ ގެ ޔޫސުފްގެ މިސްރާބު ދޯންޏެވެ. އަދި މިސްރާބަކީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި މުޅި ރާއްޖޭގައި ފާހަނގަ ކުރެވޭ ދޯންޏަކަށްވިއެވެ. އަދި އެއައް ފަހު ރީފް ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް ޅޮހީގައި ބަނދެވުނެވެ. އަދި އެޔައް ފަހު މާގިނަ ދުވަހެއް ނުވެ ނ.އަތޮޅުގައި ބަނދެވުނު އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ބަނދެވުނު ފައިބަރ ގުލާސް މަސް ދޯނި ނ.ޅޮހީގައި ބަނދެވުން ވެގެން ދިޔައީ ނ. އަތޮޅުގެ މަސްވެރިކަމައް އައި ވަރަށް ބޮޑު އިންގިލާބަކަށެވެ. އެ ދޯންޏަކީ ޅޮހީ ނޫވިލާގެ ހުސްނީ ޔޫސުފްގެ ފިސަރމޭން ނަމަކަށް ކިޔާ ދޯންޏެވެ. އަދި އެދޯންޏަކީ މިހާރުވެސް މުޅި ރާއްޖޭގެ ފެންވަރުގައި ފާހަނގަ ކުރެވޭ ބޮޑު ކަންނެކި ދޯންޏެކެވެ. ފިސަރމޭނައް ފަހުވެސް ނ. އަތޮޅު ޅޮހީގައި ކަންނެލި މަސްވެރިކަން ކުރުމައް ހާއްސަކުރެވިގެން ދެ ދޯނި ބަނދެވުނެވެ. ފަހުން ޅޮހީގައި ބަނދެވުނު ފައިބަރ ގުލާސް ދެ މަސް ދޯންޏައްފަހު އަތޮޅުގައި އެންމެ ފާހަނގަކުރެވެނީ ޅޮހީގެ ހަތަރު ކަންނެލި ދޯންޏެވެ. އޭގެތެރޭގައި ފިސަރމޭން. ޝައިން،އަދި ރީފް ގެ ދެ ދޯނި ހިމެނެއެވެ . އަދި އެ ކޮންމެ ދޯންޏަކީވެސް 25 ވަރަކަށް މީހުންގެ ޖާގަ ހިމެނޭ ދޯނިތަކެކެވެ. 25 މީހުންނައް ފަސޭހަކަމާއެކު ނިދުމުގެ އިންތިޒާމް ރަނގަޅު ފެންވަރަކަށް ހަމަޖެހި އަދި ފާހާނަކުރެވޭނެ އިންތިޒާމް ރަނގަޅު ފެންވަރަކަށް އެ ދޯނިތަކުގައި ހަމަޖެހިފައިވެއެވެ. އަދި މި ހާރު ރާއްޖޭފެންވަރުގައި ފާހަނގަކުރެވޭ 4 ކަންނެލި ދޯނި ދުއްވާ ޅޮއްސަކީ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ރާއްޖޭ ފެންވަރުގައި ފާހަނގަ ކުރެވޭ ރަށެކެވެ. އަދި ޒުވާން އެތަކެއް މަސްވެރިންނެއް އުފެދި އަދި ރާއްޖޭގެ ފެންވަރުގައި އަދި އަތޮޅު ފެންފަރުގައި ތަފާތު އެވޯޑުތައް ހޯދާފައިވާ ކެޔޮޅުން ތިއްބެވި ރަށެކެވެ. އޭގެ ތެރޭގައި ވޭތުވި ދިޔަ 3 އަހަރުވެސް ޅޮހީ 3 ކެޔޮޅުންނައް ޒުވާން ކެޔޮޅުގެ އެވޯޑު ލިބިފައިވެއެވެ. އަދި ޅޮހީގައި އުފެދިފައިވާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ކެޔޮޅުުންނަކީ ދިވެހި ރާއްޖޭގައި ކަންނެލި މަސްވެރިކަން ކުރާ ހުރިހާ ފަރާތްތަކުގެ ތެރޭގައި މަގުބޫލު ބައެކެވެ. އެންމެން ދަންނަ ބައެކެވެ. މީވެސް ޅޮހީ މަސްވެރިންނަކީ ރާއްޖޭގެ ފެންވަރުގައިވެސް ކުރިއަރާފައިވާ ބައެއްކަން ދޭހަކޮށްދޭ ކަމެކެވެ. ޅޮހިގެ ހީވާގި މަސްވެރިންނަކީ މި އަދު ޅޮހި އަދި މި ގައުމުވެސް އެބަޔަކަށްޓަކައި ފަހުރުވެރިވާފަދަ ބައެކެވެ. އެހާމެ ހިތވަރުގަދަ އެވެ. އަދި އެއީ ކަމައް ކަމޭހިތައިގެން ފޫހިކަމެއްނެތި މަސްވެރިކަމުގައި ހޭދަކުރާ ގާބިލް މަސްވެރިންނެވެ

.



މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com