ދިވެހި ނަމެއް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދެވިފައިވާ މަހެއް

ދިވެހި ނަމެއް ސައިންޓިފިކު ނަމެއްގެ ގޮތުގައި ދެވިފައިވާ  މަހަކީ އަބްދެފުދުފު މަނިކުފާނީއެވެ. އެމަހަކީ އަޅުގަނޑުމެންގެ ދިވެހި ދަރިފަސްކޮޅެއްއޮންނަ ދިވެހި ބަހުން ވާހަކަ ދައްކާ މަލިކު އަލިމަނިކުފާން 1968 ވަނަ އަހަރު ހޯދާފައިވާ މަހެކެވެ. އަލިމަނިުފާނަކީ މެރިން ބައިލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިލްމުވެ
ރިއެކެވެ. 16 މާރޗު 1938 ގައި އުފަންވި އަލިމަނިކުފާންގެ މަންމަޔަކީ މަލިކުގެ މަސްހޫރު އާއިލާ މުރައިދުގަނޑުވަރު  ފާތިމާ މަނިކެއެވެ. އަދި ބައްޕައަކީ މޫސާ މަނިކުފާނެވެ. އަލިމަނިކުފާން މަލިކުގެ އިސްވެރިއެއްގެ ގޮތުގައިވެސް ދުވަސްކޮޅަކު ހުންނެވިނަމަވެސް އަލިމަނިކުފާނަކީ މެރިން ބައިލޮޖީގެ ދާއިރާއިން ކުރިއައްދާންބޭނުންވާ މީހެއްކަމުން އަލިމަނިކުފާންއައީ އެމަސައްކަތްކުރައްވަމުންނެވެ. މިގޮތުން މަސްހޫރު މެރިން ބައިލޮޖިސްޓް ޑރ ޖޯންސް އާއި އެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބުމަކީ އަލިމަނިކުފާންއަށް އެންމެ ބޮޑުކުރިއެރުމެއްލިބި ސިދާ އެދާއިރާގެ މަތީފެންވަރުގައި މަސައްކަތްކުރުމުގެ މަގުހުޅުވުނު ކަމެކެވެ.
ޑރ ޖޯންސްއޢި އެކު މަސައްކަތްކުރެއްވުމަށްފަހު އިންޑިއާގެ މައި މެރިން ރިސާރޗް ސެންޓާރ  ސެންޓްރަލް މެރިން ފިސަރީސް ރިސާރޗު އިންސްޓިޓިއުޓް އޮފް އިންޑިއަންއިން ފުރުސަތު ލިބިވަޑއިގަތުމުން އެތަނަށް ބަދަލުވެ ވަޑައިގަން ރިސާރޗުތަކުގެ މަސައްކަތް ފަށައިގަތެވެ.
އަލިމަނިކުފާން ހޯދާފައިވާ އަބްދެފުދުފު މަނިކުފާނީ ގެ ނަމުން ނަންދީފައިވާ މިމަހަުގެ ކުލަޔަކީ ޗޮކުލެޓްވައްތަރަކަށްދާ ކުލައެކެވެ. މި މަސްބޮޑުވާކަމަށް ފާހަގަކުރެވިފައިވަނީ 3.8-4.2 އިންޗިއަށެޗެ. ޑރ ޖޯންސްއާއި އެކު އަލި މަނިކުފާން މަސައްކަތްކުރެއްވި ދުވަސްވަރު މި މަސް ހޯދާފައިވަނީ މަލިކުގެ ސަރަހައްދުންނެވެ.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com