ރާއްޖޭން ނެތެމުން އަންނަބާވަތްތަކުގެ ތެރޭން އިހި
8.5.12
| .
admin
|
އިއްސަކީ ރާއްޖޭގެ ފަރުތަކުން މިހާރު މަދުވަމުންއަން ތަކެތީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްޗެކެވެ. މިހާރު އިހިމަހަކީ ރާއްޖޭގައި ކެއުމަށް ބޭނުންކުރެވޭ މަހަކަށް ވީނަމަވެސް އޭގެ އަތްފޯރާވަރަށްވުރެ ބޮޑެވެ. ހަމަ އެހެންމެ އިހިވެރިކަމުގެ ވިޔަފާރިއަކީ އޭގެ ފައިދާ އިންތިހާއަށް ބޮޑު މަސައްކަތަކެވެ.
އެހެންނަމަވެސް މަސައްކަތަކީ މިހާރު ބުރަ މަސައްކަތަށްވެފައިވާއިރު އޭގެ މާރކެޓްވެސް ރާއްޖޭގެއި ފުޅާވަމުންއަންނަ މަސައްކަތެކެވެ. އަދި ރާއްޖޭގައި މިހާރުކުރެވެމުންއަންނަ މަސައްކަތަކަށް ވީނަމަވެސް މިކަންކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭން ދިވެހިން ރިސޯޓްތަކަށް ވިއްކުމަށް ނެގޭ މިންވަރަށްވުރެ ރާއްޖެއަށް އިންޕޯރޓްކުރޭވޭ މިންވަރު މަތިކަން ފާހަގަކުރެވެއެވެ. މިގޮތުން ވިއެޓްނާމް ފަދަ ގައުމުތަކުން އިހި ރާއްޖެ އެތެރެކުރެއެވެ.ރާއްޖޭގައި އިހި ހިފައިގެން އިހިވެރިކަން ކުރަމުންދާ ފަރާތްތަކަށް އޮތް އެންމެ ބޮޑުދައްޗަކީ ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތްނުކުރެވުމެވެ. އަދި ބޮޑެތިވާވަރަށްވުރެ ގިނައިން ނެގުމުގެ ނަތީޖާއަކީ ރާއްޖޭން އިހި މަދުވަމުން ދިއުމެވެ. އަދި ހަމަ އެހެންމެ ބޮޑެތިނުވާ ކުދި އިހި ނެގުމާއި ބިސްއަރާފައި ހުންނަ އިހި ނެގުންވެސް މީ އިހި ނެތިދާން މެދުވެރި ސަބަބެކެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ބުނެވޭގޮތުގައި 1970 ހިސާބުގައި ފަސޭހަކަމާއި އެކު ރަށްރަށުގެ ހިކިތޮށިމަތިން ގިނައަދަދަކަށް އިހީގެ ބާވަތްތައް ފެނެއެވެ. އެހެންމަވެސް މިހާރު ފަރުތަކުގައި ފީނައިގެން ދުވާލުގަޑީގައި އިހި ފެންނަނީ ވަރަށްވެސް މަދުންނެނެވެ. އަދި އާންމުކޮށް މިހާރު ރާއްޖޭގައި އިހިވެރިކަން ކުރަނީ ރޭނގަޑުއެވެ.
ދުނިޔޭގައި އިހީގެ 30 ވައްތަރެއް އުޅޭއިރު ރާއްޖޭގައި އުޅެނީ އިހީގެ 5 ވައްތަރެވެ. އޭގެތެރޭގައި ފަޅު އިހި، ގާއިހި، ކޮކާ އިހި، ކަނޑުއިހި، ކޮވެލި އިިހި ހިމެނެއެވެ. އިހީގެ ނަންތަކަށް ބަލާއިރު ރާއްޖޭގެ އެކިރަށްތަކުގައި ބޭނުންކުރާ ނަންތައް ތަފާތެވެ. އިހީގެ ދިރިއުޅުމަށް ބަލާއިރު އިއްސަކީ އާންމުގޮތެއްގައި ރޭނގަޑަށް ހަރަކާތްތެރިވާ އެއްޗެކެވެ. އަދި ދުވާލު ވަގުތު އާންމުކޮށް ކުދި ހޮހޮޅަ ނުވަތަ ހަރުތަކާއި ބަނޑަލިތައް ދަށުގައި ބޭރަށް ނަރަވަތައް ފެންނަގޮތަށް އިނދެއެވެ. އެކި ފަހަރުމަތިން އަޅުނގަނޑުމެން ފީނައިގެންވެސް ދުވާލު އިހި ހަރަކާތްތެރިވާ މަންޒަރު ފެނިފައި ނުވާއިރު ރަނގަޅުފެންވަރަކަށް އިހީގެ މަސްވެރިކަން ކުރާފަރާތްތަކާއި ސުވާލުކޮށްލުމުންވެސް އިތުރަށް އެކަން ޔަގީންވިއެވެ.
އިހީގެ ކެއުމަށް ބަލާއިރު ކަކުނި، ހަނދުރަ، ރިނދަލި ފަދަ ތަކެތި ކައިއުޅެއެވެ. އަދި ހަނދުރަ، ސަންގު ފަދަ ތަކެތި ކެއުމަށްޓަކައި އެފަދަ ތަކެތި ފަޅާލައެވެ. އިހީގެ ބަނޑުދައްފަރާތުގައި ވާ ހަރު ދަތްތަކުން އެފަދަ ތަކެތި ފަޅާލުމަކީ ނުހަނު ފަސޭހަކަމެކެވެ. އަދި ހަމަ އެހެންމެ އިހީގެ ބަނޑުގައިވެސް ހަރުތަކެތި މުގުރާނެ ބައިތައްވެއެވެ.
- ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުން( 4ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި
ޞިއްހަތު
މުހިންމު ސައިޓްތައް
މަގްބޫލް ލިޔުންތައް
-
Add caption މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރ...
-
ހިކިފަސްގަނޑަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމ...
-
ނިޔާ/ޅޮހި ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދި...
-
ނިޔާ/ޅޮހި ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިނ...
-
ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާ...
-
Niys/lhohi އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން...
-
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރ...
-
ނިޔާ/ޅޮހި ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި...
-
ނިޔާ/ޅޮހި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުނ...
ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް
- admin
- ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
- މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com
ލިޔުންތައް ތާރީޙާއި އެކު
-
►
2016
(2)
- ► 01/10 - 01/17 (2)
-
►
2014
(1)
- ► 05/18 - 05/25 (1)
-
►
2013
(4)
- ► 02/03 - 02/10 (4)
-
▼
2012
(13)
- ► 10/21 - 10/28 (6)
- ▼ 05/06 - 05/13 (4)
- ► 04/29 - 05/06 (2)
- ► 03/25 - 04/01 (1)
-
►
2011
(13)
- ► 07/03 - 07/10 (1)
- ► 06/12 - 06/19 (1)
- ► 05/22 - 05/29 (3)
- ► 05/15 - 05/22 (8)
-
►
2010
(1)
- ► 11/21 - 11/28 (1)