ނ.ޅޮހީގެ ތާރީޚާއި ގުޅިފައިވާ ހަނގުރާމަ ފަސްގަނޑު
6.7.11
| .
admin
|
ރަމްޒީނާ މުޙައްމަދު/ޅޮހި
އުސް ފަރުބަދަދަތަކަކީ ދިވެހިންގެ ނަސީބުގައިވާ އެއްޗެއްނޫނެވެ. އެހެންކަމުން ހިންދީ ފިލްމުތަކުން ފެންނަ ފަރުބަދަމަތީގެ މަންޒަރުތަކަކީ އެ މަންޒަރުތައް ހަމަލޮލުން ދެކިލުމަށް ޝައުޤުވެރިވާފަދަ މަންޒަރުތަކެކެވެ. ޚާއްޞަކޮށް “ޤަޔާމަތުސޭ
ޤަޔާމަތުސޭ” އާއި “ލޯހާ” ފަދަ މަސްހޫރު ފިލްމުތަކުގައި ފަރުބަދަމަތީގައި ކުރެވުނު ހަނގުރާމަތަކަކީ އެދުވަސްވަރު ޒުވާންކުދިންގެ ހިތްތަކުގައި އެފަދަ މަންޒަރުތައް ކުޅެލުމުގެ ޝައުޤުވެރިކަން އިތުރުވެގެންދިއަ މަންޒަރުތަކެކެވެ
ތަޢުލީމަށް ހޭދަކުރި ވަގުތުކޮޅު ކުޑަ އައްޑިހައިގެ އަހަރުތަކުގައި ފުރާވަރު
ޢުމުރުގެ ގިނަ ކުދިން ހޭދަކުރީ މޫދާއި، ގަސްގަހާއި، އެކި ގޮނޑުދޮށްތަކުގައެވެ. މިއީ ހަމައެކަނި ޅޮހީގެ އާދައެއް ނޫންކަން ޤަބޫލުކުރަމެވެ. ހިންދީ ފިލްމުތަކުގެ އަވާގައި ދިވެހިން ޖެހި ލާމެހިގެންދިޔަ ދުވަސްވަރު ފިލްމުތަކާއި އެއްގޮތަށް އެކްޓްކުރުމުގައި މިރަށުގެ ކުދިން ބޭނުންކުރި އެއް ލޮކޭޝަނަކީ ހަނގުރާމަފަސްގަނޑެވެ. ފަސްގަނޑުމަތިން ތިރިއަށް ފުންމުމާއި، ތިރިއަށް ބުރުއެއްލުމަކީ ބައެއް ކުދިން ވަރަށް ހުނަރުވެރިކަމާއިއެކު ކުޅެ އުޅުނު ކުޅިވަރެކެވެ. އަދި ގަސްގަހުގައި ވާ އައްސައިގެން ވަލުގެ އެހީގައި ފަސްގަނޑުމައްޗަށްއެރުންފަދަ ކުޅިވަރުތައް ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް އެއީ މާޒީއެވެ.
މި ފަސްގަނޑަކީ ދިވެހިރާއްޖޭގެ އާސާރީތަރިކައެއްކަމުގައި ހިމެނިފައި ނެތް ތަނެއްކަމަށްވިޔަސް ޅޮހީގެ އިރުދެކުނުފަރާތް ނުވަތަ ފުއްޓަރުފަރާތުގައިވާ މި ފަސްގަނޑުން ޅޮހީގެ ތާރީޚާއި ގުޅިފައިވާ ގިނަގުނަ ހެކިތަކެއް ފެންނަން އެބަ ހުއްޓެވެ.
ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމުކަމަކީ އެ ފަސްގަނޑާއިބެހޭ ގޮތުން މިރަށުގެ ކާބަފައިން ދައްކަމުން އައި ވާހަކަތަކެކެވެ. އެވާހަކަތަކަކީ އަޑުއަހާމީހުންގެ ޝައުޤުވެރިކަން އިތުރުވާފަދަ ވާހަކަތަކެކެވެ. ހިތަށް ސިފަވެގެން ދަނީ ވިއެޓްނާމް ހަނގުރާމައިގާ އެރަށުގެ މީހުން ސިފައިންނަށް ޖެއްސި ޙާލެވެ. އިހުޒަމާނުގައި ރާއްޖެއަށް ވައްކަންކުރަން ފޭރޭމީހުން އަހިސްއުޅުނެވެ. އެގޮތުން މިރަށަށް އަހިސްއުޅުނު މިފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް، ޖަހާއުޅުނު ދަންތުރައަކީ ގެތަކެއްގޮތަށް ފުރާޅުތަކެއް ހަދައި ރުއްރުކަށް ވާ އެއްސުމެވެ. އަދި ފޭރޭ މީހުން އަހިސް ވައްކަންކުރަން ފުރާޅުދޮށަށް ވަނުމުން ވާތަށް ކަނޑައި އެމީހުންގެ ބޯމައްޗަށް ފުރާޅުތައް ވައްޓާލުމަށްފަހު އެންމެންވެގެން ފުރާޅުމައްޗަށް ވެލިއަޅައި ތަން ފޮރުވާލަނީއެވެ. ތަކުރާރުކޮށް އެކި ދުވަސްމަތިން މިބީދައިން މި ދަންތުރަ ޖަހަމުންގޮސް އެ ފަސްގަނޑު އުސްވީކަމަށް ބުނެއުޅެއެވެ. އަދި “ހަނގުރާމަފަސްގަނޑު” މިނަން ކިޔުނީ މިހާދިސާއާއި ގުޅުވައިގެން ކަމަށް ބުނެ އުޅެއެވެ.
މިއީ ޚިޔާލީ ވާހަކަތަކެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށް އުޅެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ބައެއްކަހަލަ ހެކިތަކަށް ވިސްނާލަމާތޯއެވެ؟ ކަނޑުފޭރޭ މީހުންނަކީ ރާއްޖޭގެ ރައްރަށަށް އަރާއުޅުނު ބައެއްކަމަށް ތާރީޚް ހެކިދެއެވެ. އެހެންނޫންތޯއެވެ؟ ކާބަފައިންގެ ވާހަކަތަކުން އެނގޭގޮތުގައި މިރަށުގައި މީހުން ދިރިއުޅެން ފަށާފައިވަނީ ރަށުގެ އުތުރުފަރާތުގައެވެ. އަދި ކުރީގެ މުސްކުޅިގޭގެ އުތުރުފަރާތުގައި ހުރެ ރަށުގެ ފުއްޓަރު ފަރާތުގައިވާ ހަނގުރާމަ ފަސްގަނޑާއި ދިމާލުގައި ނެރެއް ހަދާފައިވާކަމީ، އެފަދަ ޙާދިސާއެއް ހިނގާފައިވުން އެކަށީގެންވާ ފަދަ އަލިގަދަ ހެއްކެެކެވެ. ރަށުގެ އުތުރުފަރާތުގައި އެދުވަސްވަރު މީހުން އާބާދުވެފައި އެވަނީ ފޭރޭމީހުންގެ ވަކިތަކުން ސަލާމަތްވުމަށްކަމަށް ބެލެވެއެވެ. ވީމާ ފޭރޭ މީހުން ރަށަށް އަރާފައިއެވަނީ ރަށުގެ ފުއްޓަރުފަރާތުންކަމަށް ޤަބޫލުކުރެވެއެވެ.
ދެވަނަ ސަބަބަކާއިމެދު ވިސްނާލަމާތޯއެވެ؟ މި ރަށަކީ އެކި މޫސުމަށް އެކިދިމާލުން ގިރާ ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ވަކިދުވަސްވަރެއްގައި މި ދެންނި ހަނގުރާމަފަސްގަނޑުވެސް ގިރައެވެ. މި ބީދައިން ކޮންމެ މޫސުމަކުވެސް މި ފަސްގަނޑު ގިރަމުންގޮސް މިހާރުވަނީ ވަރަށްބޮޑަށް ގިރާފައެވެ. މީގެ 50ހަކަށްއަހަރުކުރީގައި މި ފަސްގަނޑު އާދަޔާޚިލާފަށް އުސްކަމަށް ބުނެއުޅެއެވެ. މި ފަސްގަނޑުން ގިރައި ފަސްގަނޑުންބައެއް ކަނޑަމުންދާ ކޮންމެ ފަހަރަކުވެސް އިންސާނުންގެ ކަށި ފެންނަކަމީ ހަޤީގަތެވެ. މި މަންޒަރަކީ މި ޖީލުގެ ގިނަ ލޯތަކަށް ފެނި އިންތިފާޤުވެފައިވާކަމެކެވެ. ކުރީގައި ދެންނެވުނު ޙާދިސާފަދަ ޙާދިސާއެއް މި ސަރަހައްދުގައި ހިނގާފައި ނުވާނަމަ، އުސްފަސްގަނޑެއްގެ ތަރޭގައި އިންސާނުންގެ ކަށްބޮލާއި ކަށިތައް ވަޅުލެވިފައިވުމަކީ ނާދިރުކަމެކެވެ. މި ސަބަބުތަކާއިހުރެ، ހަނގުރާމަފަސްގަނޑަކީ ނޭންގޭ ސިއްރުތަކެއް އެކުލެވިފައިވާ މުހިންމު ތާރީޚެއް އޮތް ތަނެއްކަމަށް ބެލެވެއެވެ. ބަލާލަން ރީތި ހިތްގައިމުގޮތެއް ހުންނަ އާދަޔާޚިލާފު މި ފަސްގަނޑަކީ ދިވެހިރާއްޖޭގެތާރީޚީ ތަރިކައެއްކަމުގައި ހިމެނިފައިނުވިނަމަވެސް މިއަދުގެ ޖީލު މިފަސްގަނޑަށް ޚާއްޞަ އަހައްމިއްޔަތެއްދީ، އަންނަން އޮތް ޖީލުތަކާއި ހަމައަށް މި ފަސްގަނޑު ރައްކާތެރިކަމާއިއެކު ހިމާޔަތްކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ. (ނިމުނީ)
- ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުން( 4ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި
ޞިއްހަތު
މުހިންމު ސައިޓްތައް
-
ރާއްޖެއިން ދިޔަ ލަންކާގެ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ - ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ އެ ގައުމުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން، ރާއްޖ...3 years ago
-
ލައިވް ކަވަރޭޖް: މާފަރު އެއާޕޯރޓަށް ޓެސްޓް ފުލައިޓް ޖެއްސުން - ނ.އަތޮޅުގައި ފުރަތަމަ ފަހަރަށް ހެދުނުއިންޓަނޭޝަނަލް އެއާރޕޯރޓްކަމަށްވާ މާފަރު އެއާރޕޯރޓަށް ފުރަތަމަ ޓެސްޓް ފުލައިޓް ޖެއްސުމުގެ ހާއްޞަ ލައިވް ކަވަރޭޖަށް މ...5 years ago
-
-
-
މަގްބޫލް ލިޔުންތައް
-
Add caption މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރ...
-
ހިކިފަސްގަނޑަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމ...
-
ނިޔާ/ޅޮހި ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދި...
-
ނިޔާ/ޅޮހި ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިނ...
-
ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާ...
-
Niys/lhohi އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން...
-
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރ...
-
ނިޔާ/ޅޮހި ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި...
-
ނިޔާ/ޅޮހި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުނ...
ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް
- admin
- ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
- މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com
ލިޔުންތައް ތާރީޙާއި އެކު
-
►
2016
(2)
- ► 01/10 - 01/17 (2)
-
►
2014
(1)
- ► 05/18 - 05/25 (1)
-
►
2013
(4)
- ► 02/03 - 02/10 (4)
-
►
2012
(13)
- ► 10/21 - 10/28 (6)
- ► 05/06 - 05/13 (4)
- ► 04/29 - 05/06 (2)
- ► 03/25 - 04/01 (1)
-
▼
2011
(13)
- ► 06/12 - 06/19 (1)
- ► 05/22 - 05/29 (3)
- ► 05/15 - 05/22 (8)
-
►
2010
(1)
- ► 11/21 - 11/28 (1)