ތިމާވެށި ޙިމާޔަތްކުރުން އިސްލާމްދީނުގައި
22.10.12
| .
admin
|
ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް ހެއްދެވި ﷲ އަށް ހަމްދުކުރަމެވެ. ﷲ ދުނިޔޭގައި ލައްވާފައިވާ ކޮންމެ އެއްޗެއްލެއްވުމުގައިވެސް ހިކުމަތްތަކެއްވާނެވެ. މިގޮތުން އެއްގަމާއި ކަނޑުތަކާއި ފަރުތަކާއި ކޯރުތަކުގައިވާ އެންމެހާ ދިރުންތަކަކީވެސް ފައިދާއެއް ލައްވާފައިވާ ތަކެއްޗެވެ. އެހެންނަމަވެސް ބައެއް ބާވަތްތަކުގެ ތަކެއްޗަކީ އިންސާނުންނަށް ނުވަތަ ބައެއް އެހެނިހެން ދިރުންތަކަށް ނުރައްކާތެރި ތަކެތިކަމުގައިވިޔަސް އެހެން ކޮންމެސް ގޮތަކުން ކާއިނާތައް އޭގެ ފައިދާހުރި އެއްޗެކެވެ.
ﷲ ކާއިނާތުގައި ލައްވާފައިވާ އެންމެހާ އެންމެހާ މަހުލޫގުތަކަށް ވިސްނާއިރު އެނގި ހާމަވަނީ ކޮންމެ އެއްޗެއްވެސް އުފެދިފައިވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިގެންކަމެވެ. އަދި ސޫރަތު ޤަމަރުގެ 49 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ ” ހަމަކަށަވަރުން، ތިމަންރަސްކަލާންގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކި މިންވަރަކަށެވެ. އެހެންކަމުން މިއިން އެއްވެސް ބާވަތެއްގެ އެއްޗެއް ނެތިގެން ދިއުން ނުވަތަ އެކަށީގެންވާނުވާވަރަށް މަދުވުމަކީ ދުނިޔޭގައި ލައްވާފައިވާ ގުދުރަތީ ނިޒާމަށް ލޮޅުންއަރައި، ދުނިޔެއާއި ދުނިޔޭގައިވާ އެހެން ދިރޭތަކެއްޗަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމެކެވެ. އެހެންކަމުން ބޭނުމެއް ނެތްގޮތުގައި ދިރޭތަކެއްޗައް ގެއްލުންދީ މެރުމަކީ ގުދުރަތީ ނިޒާމައް ދެވޭ ގެއްލުމެކެވެ. އަދި ކިއެއްތަ އެއީއިންސާނާއަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި ﷲގެ ވަހީ ބަސްފުޅު ކީރިތި ޤުރުއާނުގެ ސޫރަތުލް އަންބިޔާގެ 16 ވަނަ އާޔަތުގެ މާނައަކީ ” ތިމަންރަސްކަލާންގެ އުޑާއި ބިމާއި އެދެމެދުގައިވާހާތަކެތި ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.”
ދުނިޔޭގައި ފެންނަމުންދާ ހަގީގަތަށް ބަލާއިރު ބައެއް ދިރުންތައް މަދުވުމުން އެހެނިހެން މަހުލޫގުތަކަށް އޭގެ ނޭދެވޭ އަސަރުކުރަމުންދެއެވެ. މިގޮތުން ކުޑަ މިސާލަކަށް ބަލާނަމަ ސަންގު މަދުވުމުން ފަރުތަކުގައި އުޅޭ ކަށިބޯ އެކަށީގެންވާ ވަރަށްވުރެ ގިނަވެއެވެ. އަދި މީގެ ނަތީޖާއަކީ ފަރުތަށް ހަލާކުވެ ފަރުތަކުަގއި އުޅޭ މަސްމަހާ މެއްސައްވެސް އޭގެ އަސަރުކުރުމެވެ. އެހެންކަމުން މަދުވަމުން އަންނަ ބާވަތްތަކާއ މެދު ސަމާލުވެ އަދި ބޭނުންނެތްގޮތެއްގައި ދިރޭތަކެތި މަރާ އަނިޔާކުރުން ހުއްޓާލާ އެތަކެތި ހިމާޔަތާއި ރަށްކާތެރިކަންދީ ބަލަހައްޓަންޖެހެއެވެ. އަދި މީގެ އިތުރަށްވެސް އިންސާނާ އަދި އެންމެހާ ދިރޭތަކެތި އުޅޭ މިވެއްޓަށް ގެއްލުންލިބޭފަދަ އެންމެހާ ކަންތައްތަކުން ދުރުވާން އެބަޖެއެވެ. އެހެންނޫންނަމަ އިންސާނުންނަށް ބާރު ނުފޯރުވޭފަދަ ބޮޑެތި ކާރިޝާތައް އައުމަކީ ދުރުކަމެއްނޫނެވެ. އެހެންކަމުން ސޫރަތު ރޫމްގެ 41 ވަނަ އާޔަތުގެ މާނައަށް ބަލާލަމާތޯއެވެ. ރޫމް ސޫރަތުގެ 41 ވަނަ އާޔތުގެ މާނައަކީ ” މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަވުމަށްތަކައެވެ.”
ބޭނުމެއްނެތް ގޮތުގައި ދިރޭތަކެއްޗައް ގެއްލުންދިނުމާއި ގަސްގަހާގެހި ހަލާކުުރުންފަދަ ކަންތައްތަކުންދުރުވެ ގަސް އިންދުމަށް އިސްްލާމްދީން ގޮވާލައެވެ. އަދި ރަސޫލާގެ ހަދީޡްފުޅުން އެނގޭގޮތުގައި މީހަކު ގަހެއް އިންދުމަށްފަހު އިންސާނެއް ނުވަތަ ޖަނަވާރެއް ނުވަތަ ދޫންޏެއް އެއިން ކައިފިިނަމަވެސް އެގަސް އިންދިމީހާއަށް ސަވާބު ލިބޭނެއެވެ.
ދުނިޔޭގައި އިންސާނާ ލައްވާ ﷲ ދުނިޔެ ފުރިހަމަކުރެއްވިއެވެ. މިގޮތުން ސޫރަތު ރަހްމާންގެ 10 ވަނަ އާޔަތުގެ މާނައަކީ ” އަދި ޙަލްގުތަކުންނަށްޓަކައި އެކަލާންގެ ބިން ލައްވާފައިވެއެވެ. އަދި 11 ވަނަ އާޔަތުގައިވަނީ ” އެބިމުގައި މޭވާއާއި، އެއްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. 12 ވަނަ އާޔަތް ” އަދި ތޮށިހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ”. އެހެންކަމުން މިފަދަ ވަހީބަސްފުޅުތަކަށް ވިސްނާ ޝުކުރުކުރާ ބަޔަކަށްވެ ތިމާވެށި ރަށްކާތެރިކުރާ ބަޔަކަަަށް އަހަރެމެން އިންސާނުންވަމާތޯއެވެ
ﷲ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން މިއުޅޭ ވެއްޓާއި ބެހޭގޮތުން ގިނަ އާޔަތްތަކެއްވެއެވެ. މިގޮތުން ކަނޑުތަކާއި ކޯރުތަކާއި ބެހޭގޮތުން ސޫރަތު ރަހްމާންގެ 19 ވަނަ އާޔަތުގައިވެއެވެ.މާނައީ ” އެކަލާންގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެއެވެ. 20 ވަނަ އާޔަތުގައިވަނީ ” އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއްކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެއެވެ.” ހަމަ އެ ސޫރަތު ރަހްމާންގެ 22 ވަނަ އާޔަތުގެ މާނައިގައިވަނީ ” އެދެކަނޑުން ރަންމުތާއި ، މަރުޖާން ފައިދާވެ ނުކުމެއެވެ.”
އަދި ބިންތަކާއި ވާރޭފެން އަދި ފަތްޕިލާވެއްޔާއި ބެހޭގޮތުން ސޫރަތު ތާހާ ގެ 53 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ ” އެކަލާންގެއީ ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި ރަސްކަލާންގެއެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި ރަސްކަލާންގެއެވެ. އަދި އެކަލާންގެ އުޑުން ފެންވެއްސެވިއެވެ. ދެން އެފެނުގެ ސަބަބުން، ތިމަންރަސްކަލާންގެ ފަތްޕިލާވެލީގެ ތަފާތު ބާވަތްތައް ނެރުއްވީމެވެ. އަދި ހަމަ އެސޫރަތުގެ 54 ވަނަ އާޔަތުގައި ވަނީ ” ތިޔަބައިމީހުން ކާށެވެ!އަދި ތިޔަބައިމީހުންގެ ނަޢަމް ސޫފިތަކަށް ކާންދީ ހުއިހައްޕާށެވެ! ހަމަކަށވަރުން ، އެކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ”. އަދި އަބަސަ ސޫރަތުގެ 24، 25، 26، 28، 29،30، 31 ވަނަ އާޔަތުގެ މާނައަށް ބަލާލަމާތޯއެވެ. މާނައީ ” ފަހެ، އެ އިންސާނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ!(24)
” ބޯކޮށް އޮހިގެން އަންނަގޮތުގައި ، ތިމަންރަސްކަލާންގެ ފެން އޮއްސެވީމެވެ.(25)
ދެން ތިމަންރަސްކާލާންގެ (ގަސްހެދުން ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ.(26)
” ދެން ތިމަންރަސްކާލާންގެ އެ ބިމުގައި ގޮވާން( ގަސްތައް) ފެޅުއްވީމެވެ.”(27)
” އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ.(28)
” އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ.(29)
“އަދި ގަސްތައްގިނަ ބަގީޗާތަކެވެ.(30)”
“އަދި މޭވާގެ ބާވަތްތަކާއި ހުއިތަކެވެ.(31)” އަދި މިއާޔަތްތަކުންވެސް އެނގޭގޮތުގައި ކޮންމެ ދިރޭއެއްޗެއްވެސް ވަނީ ގުޅި ލާމެހިފައެވެ. ފެނުގެ ސަބަބުން ފަތްޕިލާވެއްޔާއި ގަސްގާގެހި އަދި ހަމަ އޭގެ ސަބަބުން ދިރޭތަކެއްޗަށް ދިރުންލިބިގެންދެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ދިރޭތަކެއްޗާއި އަދި ތިމާވެއްޓާއިމެދު ފަރުވާތެރިވެ އެކަށީގެންވާ ފިޔަވަޅުތަކެއް ވަނީ އަޅަންޖެހިފައެވެ. އަދި ﷲ ގެ ނިޢުމަތްތަކަށް ޝުކުުރުވެރިވާ ބަޔަކަށްވެ ތިމާވެއްޓަށް ގެއްލުންވާ އެންމެހާ ކަންތައްތަކުން ދުރުވެ ވެެށިރައްކާތެރިކުރަން މަސައްކަތްކުރަމާ ހިނގާށެވެ.
އާޔަތްތަކުގެ މާނަ ނެގިފައިވަނީ ޤުރުޢާނުގެ ދިވެހި ތަރުޖަމާއިން
- ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުން( 4ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި
ޞިއްހަތު
މުހިންމު ސައިޓްތައް
-
ރާއްޖެއިން ދިޔަ ލަންކާގެ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ - ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ އެ ގައުމުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން، ރާއްޖ...3 years ago
-
ލައިވް ކަވަރޭޖް: މާފަރު އެއާޕޯރޓަށް ޓެސްޓް ފުލައިޓް ޖެއްސުން - ނ.އަތޮޅުގައި ފުރަތަމަ ފަހަރަށް ހެދުނުއިންޓަނޭޝަނަލް އެއާރޕޯރޓްކަމަށްވާ މާފަރު އެއާރޕޯރޓަށް ފުރަތަމަ ޓެސްޓް ފުލައިޓް ޖެއްސުމުގެ ހާއްޞަ ލައިވް ކަވަރޭޖަށް މ...5 years ago
-
-
-
މަގްބޫލް ލިޔުންތައް
-
Add caption މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރ...
-
ހިކިފަސްގަނޑަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމ...
-
ނިޔާ/ޅޮހި ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދި...
-
ނިޔާ/ޅޮހި ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިނ...
-
ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާ...
-
Niys/lhohi އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން...
-
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރ...
-
ނިޔާ/ޅޮހި ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި...
-
ނިޔާ/ޅޮހި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުނ...
ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް
- admin
- ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
- މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com
ލިޔުންތައް ތާރީޙާއި އެކު
-
►
2016
(2)
- ► 01/10 - 01/17 (2)
-
►
2014
(1)
- ► 05/18 - 05/25 (1)
-
►
2013
(4)
- ► 02/03 - 02/10 (4)
-
▼
2012
(13)
- ▼ 10/21 - 10/28 (6)
- ► 05/06 - 05/13 (4)
- ► 04/29 - 05/06 (2)
- ► 03/25 - 04/01 (1)
-
►
2011
(13)
- ► 07/03 - 07/10 (1)
- ► 06/12 - 06/19 (1)
- ► 05/22 - 05/29 (3)
- ► 05/15 - 05/22 (8)
-
►
2010
(1)
- ► 11/21 - 11/28 (1)