އާދަޔާ ހިލާފް ބޮޑު މީހެއްގެ ކަށިގަނޑު- ހަޤީގަތެއްބާ؟
22.10.12
| .
admin
|
އާދަޔާ ހިލާފް ބޮޑުމީހެއްގެ ކަށިގަނޑު ވަނީ ސައުދީ އަރަބިއްޔާއިން ފެނިފައެވެ. މި ކަށިގަނޑު ފެނިފައިވަނީ 22 އެޕްރީލް 2004 ވީ ދުވަހުއެވެ. ސަހަރާގައި ކުރެވުނު ދިރާސާތަކެއްގެ ތެރޭން މި ކަށިގަނޑު ހޯދާފައިވަނީ ސައުދީ އަރަބިއްޔާގެ ދިރާސާކުރާ ޓީމެއްކަމަށްވާ އަރަމްކޯ އެކްސްޕްލޮރޭޝަން ޓީމުންނެވެ.ފެނުނު ކަށިގަނޑުގެ ބޮޑުމިނުގައި 10 މީޓަރު ހުރެއެވެ. އަދި އެ ސަރަހައްދުވަނީ ހިމާޔަތްކުރެވި ސައުދީ ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި އަރަމްކޯ ގެ ފަރާތްތަކަށް ނޫނީ އެސަރަހައްދަށް ދިއުމަކީ މަނާކަމެކެވެ.
ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އެ ކަށިގަނޑަކީ ޤުރުއާނުގައި ނަންގަނެވިގެންވާ ހޫދު ބާގަ އަދި އާދު ބާގައިގެ މީހުންގެ ތެރޭން މީހެއްގެ ކަށިގަނޑެވެ. އެހެނީ ޤުރުއާނުގައި ބަޔާންވެގެންވާގޮތުން އާދު އަދި ހޫދު ބާގައިގެ މީހުންނަކީ ހަށިގަނޑު ބިޔަ ބާރުގަދަ ބައެކެވެ. އެހެންނަމަވެސް ﷲ ދެއްވި ނިޢުމައްތަކަށް ޝުކުރުކުރުމުގެ ބަދަލުގައި ބޮޑާވެގަނެ ﷲ އާ ރަސޫލާގެ އެންގެވުންތަކާއި ހިލާފްވީ ހިނދު ﷲގެ ކޯފާ އެބައިމީހުންގެ ތެރެއަށް ފޮނުއްވުނެވެ. އަދި އެބައިމީހުން ހަލާކުރެއްވިއެވެ. ވިސްނާބަޔަކަށް ހެކިތަކެއް ހުއްޓެވެ. ބާރަކީ ﷲ ދެއްވާ އެއްޗެކެވެ. އެހެންނަމަވެސް އެ ބާރު ދެއްވި ﷲ އަށް ޝުކުރުނުކޮށް ބޮޑާވެ ގަންނަ ހިނދު އަނބުރާ އެ ބާރު ގެންދެވުމާއި ގަދަފަދަވެގެންވާ ކޯފާ ފޮނުއްވާ ހަލާކުކުރެއްވުމަށްވެސް ﷲ ކުޅަދުންވަންތައެވެ، އަދި ﷲއެއްވެސް އަޅަކަށް އަނިޔާވެރި ވޮޑިގެން ނުވެއެވެ. މިއީ މި ކަށިގަނޑާއި ބެހޭގޮތުން މިއީ ހަގީގަތެއްކަން ދަށްކަން އިންޓަރނެޓްގައި އާންމުކުރެވިފައިވާ ލިޔުންތަކުގެ ހުލާސާއެވެ. އަދި މި ކަމާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކަކީ ވަރަށް ބޮޑަށް މުސްލިމުންނަށް ހާއްސަކޮށް ގަބޫލުކުރެވޭނެފަދަ ގޮތަކަށް ލިޔެފައިވާ ލިޔުންތަކެއްކަން ފާހަގަކުރެވެއެވެ. މީގައި މައްސަލަޖެހެނީ ނުވަތަ ގަބޫލުކުރަން ދަތިވަނީ ޤުރުއާނުގައި ބަޔާންވެގެންވާ ހޫދު އަދި އާދު ބާގައިގެ މީހުންގެ ވާހަކައެއް ނޫނެވެ.
މި ސަރަހައްދުން އާންމުވެފައިވާ ފޮޓޯއަކީ ބުނެވޭގޮތުގައި މިލިޓަރީ ހެލިކޮޕްޓާރ އަކުން ނަގާ އިންޓަރނެޓްގައި އާންމުކުރެވިފައިވާ ފޮޓޯއެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މި ޒަމާނުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި މިފަދަ ފޮޓޯއެއް ހަދާ ލިޔެ ވާހަކަ ފެތުރިދާނެއެވެ. އެހެންނަމަވެސް މި ބަޔާންކުރެވުނު ކަށިގަނޑުގެ ވާހަކަ އިސްލާމީ ތަފާތު ސައިޓްތަކުގައި ޖަހާފައިވެއެވެ. އެހެނީ މިފަދަ ކަށިގަނޑެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ޤުރުއާނުގައި ބަޔާންކުރެވިފައިވާ ހޫދު އަދި އާދު ބާގައިގެ މީހުންނަކީ ޤުރުއާނުގެ އަލީގައި އިލްމުވެރިން ވިދާޅުވާގޮތުން އާދަޔާ ޙިލާފަށް ބޮޑެތި ބައެކެވެ. މި ފޮޓޯތައް ބަލާފައި ބައެއް ފަރާތްތަކުން މިއީ މުއުޖިޒާތެއްކަމެއް ކުޅަދުންވަންތަކަމުގެ ހެއްކެއްގެ ގޮތުގައި މި ބުނެވުނު ގޮތަށް ބަޔާންކުރާއިރު އެކަށީގެންވާ ވަރަށް ޙަގީގަތް ނުބަލާކަން ފާހަގަކުރެވެއެވެ.
ވިކިޕީޑިއާ ފަދަ އިތުބާރުކުރެވޭ މި ބާވަތުގެ މައުލޫމާތު ގެނެސްދޭ ސައިޓްތަކުގައި މި މައުލޫމާތު ނެތްކަން ފާހަގަކުރެވެއެވެ. Wikipedia ގައި އެމްޓީ ކުއާރޓާރ(ދުނިޔޭގައިވާ އެންމެ ބޮޑު ސަހަރާ، ވެލީގެ ސަހަރާއެއް،ސައުދީ އަރަބިއްޔާގެ ބައެއް) އަކި ސައުދީގެ ސަރަހައްދެއްކަމަށް ލިޔެފައިވާއިރު މި ފޮޓޯ ޕްރޮމޯޓްކުރަން ލިޔަމުން އައި އިންޑިއާގެ ބުލޮގްތަކުގައިވާ ގޮތުން އެއީ އިންޑިއާގެ ސަރަހައްދެކެވެ. ދެ ގޮތަށް ލިޔެފައިވާ މީހުންވެސް ލިޔެފައިވާ ގޮތުން ދެ ގައުމުންވެސް އެއް ފޮޓޯއިން މި ފެންނަ ކަށިގަނޑު ފެނިފައިވަނީ ހަމަ އެއް ނަމެއް ކިޔާ ސަރަހައްދަކުންނެވެ. އަދި އިންޑިއާގެ ބައެއް ބުލޮގްތަކާއި ސައިޓްތަކުގައި މިވާހަކަ ގެނެސްފައިވަނީ ޓައިމްސް އޮފް އިންޑިއާގެ މުންބާއީ އެޑިޝަންގައި 22 އެޕްރީލް 2004 ގައި ޖަހާފައިވާ ލިޔުމަކާ ހަވާލާދީފައެވެ. އެހެންނަމަވެސް ޓައިމްސް އޮފް އިންޑިއާގެ އެ ދުވަހުގެ އަދަދުންވެސް މި ހަބަރު ފެންނަންނެތްކަން ފާހަގަކުރެވެއެވެ. އަދި ވެބްސައީޓްތަކުގައި މި ހަބަރު އާންމުވެ އަދި ބައެއްފަރާތްތަކުން ނޭޝަނަލް ޖިއޮގްރަފިކް ޗެނަލް އާއި ހަވާލާދީ ލިޔަމުން އައިސްފައިވާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޗެނަލަށް މީ ހަގީގަތެއް ބެލުމަށް ސުވާލު ފޮނުވާފައިވެއެވެ. އެހެންކަމުން އެ ޗެނަލުންވެސް މީ ހަގީގަތެއް ނޫންކަމަށް ވަނީ ހާމަކޮށްފައެވެ.
ބައެއް ބުލޮގުތަކުގައި މި ކަށިގަނޑުގެ ވާހަކަ ތަފާތުކޮށް ލިޔެފައިވެއެވެ. މިގޮތުން އިންޑިއާގެ ސަރަހައްދަކުން ފެނިފައިވާ ކަށިގަނޑެއްކަމަށް ބުނެ ލިޔެފައިވެއެވެ. ތަފާތު ގޮތްގޮތަށް މި ކަށިގަނޑުގެ ވާހަކަ ލިޔެ ފޮޓޯ އާންމުކުރެވިފައިވާއިރު މި ކަށިގަނޑުގެ ހަގީގަތް ހޯދުމަށް އިންޓަރނެޓްގައި ސާރްޗުކޮށް އެކި ފަރާތްތަކާއި މަސްވާރާކޮށް ދިރާސާކުރި ފަރާތަކުން ފާހަގަކޮށްފައިވާ ގޮތުން މި ކަށިގަނޑުގެ ފޮޓޯތަކަކީ ފޮޓޯ ސޮޕުން ހަދާފައިވާ ފޮޓޯތަކެކެވެ. ފޮޓޯ ސްޕް ބޭނުންކުރަށްވާ ފަރާތްތަކަށް މިފަދަ ފޮޓޯއެއް ހެދިދާނެކަމަށް ގަބޫލުކުރެވޭނެއެވެ. އަޅުގަނޑު މި ފޮޓޯއަށް ބަލާފައި ބުނަން އޮތީ މިފަދަ ގޮތަކަށް އަދި މިއަށްވުރެ ރަނގަޅަށްވެސް ފޮޓޯ އެއް ހަދާލުމަކީ އުނދަގޫ ކަމެއް ނޫނެވެ.
އަދި އެފަރާތުން ބުނެފައިވާ ގޮތުން މިފަދަ ކަންކަމަކީ ބައެއް ފަރާތްތަކުން ސަމާލުކަން ހޯދަން ކުރާ ކަންކަމެވެ. އެއީ ސަހަރާއިން ފެނިފައިވާ ކަށިގަނޑެއް ކަމަށްބުނެ ދަށްކާ ފޮޓޯއިން ފެންނަގޮތުގައި އެ ކަށިގަނޑު އޮތީ ޗަސް ބިމެއްގައެވެ. އެހެންކަމުން މީވެސް އެއީ ހަމަޖެހޭ ގޮތަކަށް ފެތުރޭ ވާހަކައެއް ނޫންކަން ދަށްކައިދޭ ހެއްކެކެވެ. ހަމަ އެއާއި އެކު އެއްބައި ލިޔުންތަކުގައި 10 މީޓަރު ކަމަށް ބަޔާންކޮށްފައިވާއިރު އަނެއްބައި ލިޔުންތަކުގައި 24 މީޓަރ ކަމަށްވެސް ލިޔެފައިވެއެވެ. އަދި އެއީ ހަގީގަތެއްނަމަ އަރަމްކޯ އޭ ކިޔާ އެކްސްޕްލޮރޭޝަން ޓީމުގެ ރަސްމީ ސައިޓްތަކުގައި ނުވަތަ ސައުދީގެ ރަސްމީ ފަރާތްތަކުން މިމައުލޫމާތު ހިއްސާކުރާނެއެވެ. އަރަމްކޯ އާއި ބެހޭގޮތުން ހޯދި މައުލޫމާތުން އެނގުނުގޮތުގައި އަރަމްކޯ އަކީ ސައުދީގެ ތެޔޮ ކުންފުންޏެކެވެ. އަދި އަރަމްކޯ ޖަހާފައި ސާރޗުކުރުމުން އަންނަ އަރަމްކޯ 2 ސައިޓަކީ ސައުދީ ސައިޓަށް ވީނަމަވެސް މިފަދަ ހަބަރެއް ސައިޓުން ފެންނަން ނެތްކަން ފާހަގަކުރެވެއެވެ.( އަރަމްކޯގެ ވެބްސައިޓް: ، www.aramco.com
އަދި އާންމުކޮށް އިންސާނުންގެ ކަށިގަނޑު މިހާ ގިނަ ދުވަސްވަންދެން ހަލާކުނުވެ ހުރެދާނެކަމީ ނާދިރުކަމެކެވެ. އެހެނީ އަޅުގަނޑުމެންނަށް ރަށުގެ ހަނގުރާމަ ފަސްގަނޑު ( ނ.ޅޮހީގެ ހަނގުރާމަ ފަސްގަނޑަކީ ބޮޑު ލޭ އޮހޮރުވުމެއް ހިނގާފައިވާ ސަރަހައްދެއްބާ؟ ) ގެ ގޮތުގައި ނަންދެވިފައިވާ ސަރަހައްދުން ފެންނަ މީހުންގެ ކަށިގަނޑުތަށް ބަލާލާއިރު އެ ކަށިގަނޑުތަށްވެސް ވަނީ ފީވެ ހަލާކުވެ ވެއްޔައް ވާން ގާތްވެފައެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަށް އުފެދުމުގެ ކުރިން ރަސޫލާ މުހައްދުގެ ފާނު ދުނިޔެއަށް ފޮނުއްވުމުގެ އެތަށް ސަތޭކަ އަހަރެއްކުރިން ދިރިއުޅެފައިވާ ބައެއްގެ ކަށިގަނޑުތަށް ސަލާމަތުން ހުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރަން ދަތި ކަމެކެވެ. އެހެންކަމުން މިފަދަ ކުރެހުންތަކާއި ފޮޓޯތައް ފެންނައިރަށް ހަގީގަތެއް ބެލުމެއްނެތި އެނގުމެއް ނުވާކަމެއް ﷲ ގެ އާޔަތްތަކާއި އަޅުވާފައި އާންމުކުރުމަކީ މާތްވެގެންވާ މި ދީނަށް ވެވޭ ހިޔާނާތެއްކަން ޔަގީނެވެ. އެހެންނަމަވެސް މި ކަށިގަނޑުގެ ވާހަކަ އަދި މީގެ އިތުރަށްވެސް މިފަދަ އެތަށް ވާހަކަތަކެއްވަނީ މުސްލިމުންގެ ތެރޭގައި އާންމުވެ އެއީ 100 ޕަސެންޓް ހަގީގަތެއްގެ ގޮތުގައި ގިނަ ގައުމުތަކެއްގެ މުސްލިމުން ގަބޫލުކޮށްފައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.
- ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުން( 4ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި
ޞިއްހަތު
މުހިންމު ސައިޓްތައް
-
ލައިވް ކަވަރޭޖް: މާފަރު އެއާޕޯރޓަށް ޓެސްޓް ފުލައިޓް ޖެއްސުން - ނ.އަތޮޅުގައި ފުރަތަމަ ފަހަރަށް ހެދުނުއިންޓަނޭޝަނަލް އެއާރޕޯރޓްކަމަށްވާ މާފަރު އެއާރޕޯރޓަށް ފުރަތަމަ ޓެސްޓް ފުލައިޓް ޖެއްސުމުގެ ހާއްޞަ ލައިވް ކަވަރޭޖަށް މ...5 years ago
-
-
-
-
މަގްބޫލް ލިޔުންތައް
-
Add caption މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރ...
-
ހިކިފަސްގަނޑަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމ...
-
ނިޔާ/ޅޮހި ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދި...
-
ނިޔާ/ޅޮހި ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިނ...
-
ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާ...
-
Niys/lhohi އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން...
-
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރ...
-
ނިޔާ/ޅޮހި ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި...
-
ނިޔާ/ޅޮހި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުނ...
ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް
- admin
- ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
- މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com
ލިޔުންތައް ތާރީޙާއި އެކު
-
►
2016
(2)
- ► 01/10 - 01/17 (2)
-
►
2014
(1)
- ► 05/18 - 05/25 (1)
-
►
2013
(4)
- ► 02/03 - 02/10 (4)
-
▼
2012
(13)
- ▼ 10/21 - 10/28 (6)
- ► 05/06 - 05/13 (4)
- ► 04/29 - 05/06 (2)
- ► 03/25 - 04/01 (1)
-
►
2011
(13)
- ► 07/03 - 07/10 (1)
- ► 06/12 - 06/19 (1)
- ► 05/22 - 05/29 (3)
- ► 05/15 - 05/22 (8)
-
►
2010
(1)
- ► 11/21 - 11/28 (1)