ފެހުރިހި(ވޭލް ޝާރކް)
29.3.12
| .
admin
|
ﷲ ކޮންމެ ދިރޭއެއްޗެއް ލެއްވުމުގައި ހިކުމަތަތްކެއް ވާނެއެވެ. އެހެނި ކޮންމެ ދިރޭ އެއްޗެއްވެސް ވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިފައެވެ. ހަމަ އެހެންމެ އެތަކެތި މަދުވުމަކީ އޭގެ ސަބަބުން އިންސާނުންނަށް ދަތިތަކެއް ކުރިމަތިވާނެފަދަ އެއްޗެކެވެ.
މިގޮތުން ރާއްޖޭގައި މަދުވަމުންއަން ފެހުރިހި މިޔަރަށް ބަލަައިލާނަމެވެ.
ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ތެރޭން ވޭލްސާރކް އަކީ ރާއްޖޭން މަދުވަމުންއަންނަ އެއްޗެކެވެ.ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ އެންމބޮޑު މަހުގެ ގޮތުގައި ފާހަގަކުރެވޭ ވޭލްސާރކަށް ދިވެހި ބަހުންކިޔަނީ ފެހުރިހިއެވެ. ފެހުރިހިއާއި ބެހޭގޮތުން ދުނިޔޭގައި ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު އެންމެ ބޮޑުވާކަމަށް ފާހަގަކުރެވިފައިވާ ގޮތުން 12.65 މީޓަރ އެވެ. އެއީ 41.50 ފޫޓެވެ.
12.65 މީޓަރ ގެ ފެހުރިއެއްގެ ބަރުދަނުގައި ހުންނަނީ 21.5 ޓަނެވެ. ފެހުރިހިއަކީ ކަނޑުގައި ދިރިއުޅޭ މަސްތަކުގެ ތެރޭން ނިސްބަތުން ބޮޑު އަދި ފެހުރިހި އަކީ މިޔަރުގެ އެހެން ބާވަތްތަކާއި ތަފާތު ސިފަތަކެއް ލިބިފައިވާ މަހެކެވެ. މިޔަރުގެ ގިނަ ބާވަތްތަކީ މަސްފަދަ ތަކެތި ކައިގެން އުޅޭ އެއްޗެއްސެވެ. އަދި ބައެއްފަހަރަށް މިޔަރަކީ އިންސާނުންގެ ފުރާނަޔަށް ނުރައްކާވާފަދަ ހަމަލާތައް ދޭއެއްޗެކެވެ. ހަމަ އެހެންމެ ދުނިޔޭގެ އެކި ގައުުމުތަކުގައި މިޔަރުގެ ގިނަބާވަތްތަކަކީ ނުރައްކަތެރި ބިރުވެރި އެއްޗެއްގެ ގޮތުގައި ސިފަކުރެވިފައިވީނަމަވެސް ފެހުރިހި މިޔަރަކީ މުޅިން ތަފާތު ވައްތަރެއްގެ މިޔަރެކެވެ. އެއި ފެހުރިހި މިޔަރަކީ ބޮޑެތި މަސްކައި އެހެނިހެން ދިރޭ ތަކެއްޗައް ހަމަލާދިނުމުގެ ބަދަލުގައި ކަނޑުގައި އުލޭ ޕްލޭންކްޓަންފަދަ ތަކެތި ކައިގެން އުޅޭ އެއްޗެކެވެ.
ފެހުރިހި މިޔަރު އާންމުގޮތެއްގައި އަނގަ ހާކޮށްގެން އުޅޭކަން ފާހަގަކުރެވިފައިވާއިރު އެއްވެސް އިންސާނަކަށް ނުރައްކަލެއް ނެތެވެ. އެހެންނަމަވެސް ފެހުރިހި މިޔަރު މަދުވުން އެއީ ނުރައްކަލެކެވެ. އެހެނީ ފެހުރިހިއަކީ ފެނުގެ ތެރޭގައި އުލޭ ފަނިފަކުސާތަކާއި އަދި އިންސާނުންގެ ގައިގައި ކަށިޖަހާ ބާވަތުގެ ތަކެތި ފެނުގެ ތެރޭން ކަމުން ދުވަމުންދާ އެއްޗެކެވެ. ފެހުރިހި މަދުވުމަކީ އެފަދަ ތަކެތި އެކަށީގެންވާވަރަށް ވުރެ ގިނަވެގެންދާނޭ ކަމެކެވެ. އަދި ހަމަ އެހެންމެ އިގްތިސާދީގޮތުންވެސް އޭގެ އަސަރުކުރެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭން ކަނޑު ފީނާލުމަށް ފެހުރިހި ބަލާލުމަށް އަންނަ ޑައިވަރުންވެސް މަދެއް ނޫނެވެ. ފެހުރިހި ބޮޑަށް ފާހަގަކުރެވިފައިވަނީ ވަރަށް ފްރެންޑްލީ އެއްޗެއްގެ ގޮތުގައިއެވެ. ރާއްޖޭގެ ފަަރުތަކުގެ ރީތިކަމާއި ގުޅިފައިވާ ފެހުރިހި އަކީ މިއަދު ރާއްޖޭގެ ފަރުތަކުންނާއި ކަނޑުތަކުން މަދުވަމުންއަންނަ މަހެކެވެ. ހަމަ އެހެންމެ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ލިސްޓްގައި ހިމެނެ މަހެކެވެ.
- ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުން( 4ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)
- ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި
ޞިއްހަތު
މުހިންމު ސައިޓްތައް
-
ރާއްޖެއިން ދިޔަ ލަންކާގެ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ - ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ އެ ގައުމުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން، ރާއްޖ...3 years ago
-
ލައިވް ކަވަރޭޖް: މާފަރު އެއާޕޯރޓަށް ޓެސްޓް ފުލައިޓް ޖެއްސުން - ނ.އަތޮޅުގައި ފުރަތަމަ ފަހަރަށް ހެދުނުއިންޓަނޭޝަނަލް އެއާރޕޯރޓްކަމަށްވާ މާފަރު އެއާރޕޯރޓަށް ފުރަތަމަ ޓެސްޓް ފުލައިޓް ޖެއްސުމުގެ ހާއްޞަ ލައިވް ކަވަރޭޖަށް މ...5 years ago
-
-
-
މަގްބޫލް ލިޔުންތައް
-
Add caption މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރ...
-
ހިކިފަސްގަނޑަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމ...
-
ނިޔާ/ޅޮހި ގެވެށި އަނިޔާއޭ ބުނުމުން ދޭހަވަނީ ގޭތެރެއިން އަދި ދި...
-
ނިޔާ/ޅޮހި ކޮންމެ އިންސާނަކުވެސް ދުނިޔެއައް އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީގައެވެ. ކުއްފާފަތަކުން ސަލާމަތްވެގެންވާ ހާލުގައެވެ.އިނ...
-
ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާ...
-
Niys/lhohi އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން...
-
އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރ...
-
ނިޔާ/ޅޮހި ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި...
-
ނިޔާ/ޅޮހި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުނ...
ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް
- admin
- ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
- މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com
ލިޔުންތައް ތާރީޙާއި އެކު
-
►
2016
(2)
- ► 01/10 - 01/17 (2)
-
►
2014
(1)
- ► 05/18 - 05/25 (1)
-
►
2013
(4)
- ► 02/03 - 02/10 (4)
-
▼
2012
(13)
- ► 10/21 - 10/28 (6)
- ► 05/06 - 05/13 (4)
- ► 04/29 - 05/06 (2)
-
►
2011
(13)
- ► 07/03 - 07/10 (1)
- ► 06/12 - 06/19 (1)
- ► 05/22 - 05/29 (3)
- ► 05/15 - 05/22 (8)
-
►
2010
(1)
- ► 11/21 - 11/28 (1)